ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓު

ދިވެހިރާއްޖޭގެ ޕާސްޕޯޓު؛ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓު ވަނީ ވެފަ -- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

18 އޭޕްރީލު 2025 - 05:36
ދުނިޔޭގެ ޕާސްޕޯޓު ރޭންކިންގައި ދިވެހިރާއްޖޭގެ ޕާސްޕޯޓް އިތުރަށް ވަރުގަދަވެ، ދެކުނު އޭޝިއާގެ ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ ދިވެހި ޕާސްޕޯޓު ވެއްޖެއެވެ.
ދުބާއީގެ ނޮމަޑް ކެޕިޓަލިސްޓު ކުންފުނިން އެންމެ ފަހުން އެކުލަވާލާ ނެރުނު ދުނިޔޭގެ ޕާސްޕޯޓް އިންޑެކްސްގެ ދިރާސާ ދައްކާގޮތުން، 65.5 ޕޮއިންޓްއާ އެކު، މިވަގުތު ރާއްޖޭގެ ޕާސްޕޯޓު ވަނީ 104 ވަނައިގައެވެ. މި ގިންތިއާއެކު ދިވެހި ރައްޔިތުންނަށް މިހާރު ދުނިޔޭގެ 101 ޤައުމަކަށް "ވިސާ އޮން އެރައިވަލް" އުސޫލުން ދަތުރުކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މިއީ ސަރަހައްދީ އެހެން ޤައުމުތަކަށް ވުރެ މަތީ ދަރަޖައެކެވެ.
މި އަހަރުގެ ޖަނަވަރި މަހު ވިސާ ނެތި ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައި، ކޮންމެ އަހަރަކުވެސް ހެންލީ އެންޑް ޕާޓްނާސްއިން ނެރޭ ދުނިޔޭގެ އެންމެ ބާރުދަގަ ޕާސްޕޯޓު ލިސްޓުގައި ވެސް، ދިވެހި ރާއްޖޭގެ ޕާސްޕޯޓު ވަނީ އިތުރަށް ވަރުގަދަވެ، ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓުގެ މަގާމު ޖެހިޖެހިގެން 6 ވަނަ އަހަރު ދަމަހައްޓައިފައެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ލިސްޓުގެ 57 ވަނައިގައި އޮތް ރާއްޖޭގެ ޕާސްޕޯޓު ވަނީ މި އަހަރު 53 ވަނަ އަށް އަރާފައެވެ.
ދިވެހި ޕާސްޕޯޓުގައި ދުނިޔޭގެ 94 ޤައުމަކަށް ވިސާއާއި ނުލާ ދަތުރުކުރެވެއެވެ. ރާއްޖޭގެ ޕާސްޕޯޓުގެ ދަރަޖަ އިތުރަށް މަތިވުމާއެކު، ދިވެހި ރައްޔިތުންނަށް ދުނިޔޭގެ އިތުރު ޤައުމުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
އެންމެ ބާރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓުން ރާއްޖެއަށް ކޮންމެ އަހަރަކު ލިބެމުން އަންނަ ކުރިއެރުމަކީ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅެމުންދާ ހަމަހަމަ ސިޔާސަތުގެ ނަތީޖާކަމަށް ރާއްޖޭގެ އިމިގުރޭޝަނުން ބުނެއެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
8 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
8 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
8 މަސް ކުރިން