logoEN
ޚަބަރު

ވިޔަފާރި އުސޫލުން ފެހެންދޫގައި މޫދުވިނަ އާލާކުރަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

20 އޭޕްރީލު 2025 - 13:37

މޫދުވިނަ އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ބ. ފެހެންދޫގައި އަމިއްލަ ފަރާތަކުން މަޝްރޫޢެއް ފަށައިފިއެވެ. މިއީ ރައްޖޭގައި އަލަށް ފެށޭ މަސައްކަތެކެވެ. "ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ ކުންފުންޏަކުން ފެށި މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ދުނިޔޭގެ މޫދު ވިނައިގެ މާކެޓުގެ 98 އިންސައްތަ ހިއްސާކުރަނީ އޭޝިޔާ ބައްރުން އުފައްދާ މޫދު ވިނައަށެވެ. ހިއްކި މޫދު ވިނައިގެ ކިލޯއެއްގެ އަގަކީ ގާތްގަނޑަކަށް 1.8 ޑޮލަރެވެ.ރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ފުޅާކުރެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މެރިކަލްޗަރގެ މަޝްރޫޢުތައް ހިންގަން ބޭނުންވާ އިންވެސްޓަރުންނަށް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުރުޞަތުދެއްވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

undefined

މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުއްޠަލިބު ވިދާޅުވީ މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ވަޞީލަތްތަކުން ނަފާ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ.

މި ސިޔާސަތުގެ ދަށުން ދިވެހި ކަނޑުތަކުގައި މެރިކަލްޗަރގެ ދިރުންތައް އާލާކޮށް، އެކްސްޕޯޓްކުރުމުގެ މަގު ފަހިވެފައިވާކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އެ ގޮތުން ފެހެންދޫގައި މިހާރު އަމިއްލަ ފަރާތަކުން ޚާއްސަ މަޝްރޫޢެއް ފަށާފައިވާކަން މަސްވެރިކަމާ ބެހޭ ވަޒީރުގެ ނައިބު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިހާރު ވަނީ މެރިކަލްޗަރއާއި އެކުއަކަލްޗަރގެ ދާއިރާ ފުޅާކުރެއްވުމަށް ރާއްޖޭގެ ކަނޑުން 5 ސަރަހައްދެއް އެކަމަށް ޚާއްސަ ކުރައްވައި ކަނޑައަޅުއްވާފައެވެ.

ކޮމެންޓް

871x217_placeholder