logo
Bank of Maldives

Bank of Maldives

ޚަބަރު

އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
21 އޭޕްރީލު 2025 - 13:35
އާދަމް އަތުހަރު
އާދަމް އަތުހަރު

ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ދައުވާކުރަން ފޮނުވި ދެ ފުލުހުންގެ މައްޗަށް ދައުވާކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.

އަންހެނަކަށް ވަޅިން ހަމަލާދޭން ބިރުދެއްކި 32 އަހަރުގެ އަތުހަރު މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގައި އަންހެނަކަށް ވަޅިން ބިރުދައްކާ ރަހީނުކުރި މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން،، އޯގަސްޓު މަހުގެ 31 ވަނަ ދުވަހު ދޫނިދޫ ޖަލުގެ ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތްކުރަނިކޮށް، އެތަން ފުލުހުންނަށް ފެނި، އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ފަހުން އެ މައްސަލައިގައި ހިމެނޭ ދެ ފުލުސް އޮފިސަރަކަށް ދައުވާކޮށްދިނުމަށް އެދި އެޗްއާރުސީއެމް ޕީޖީގެ އޮފީހަށް ފޮނުވީ ހުސްވި ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ދެ އޮފިސަރުންނަށް ދައުވާނުކުރުމަށް ޕީޖީގެ އޮފީހުން ނިންމާފައިވަނީ އެޗްއާރުސީއެމުން ފޮނުވި ރިޕޯޓްތަކުގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް ޕީޖީގެ އޮފީހުގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

އަތުހަރުގެ މަރުގެ މައްސަލައިގައި، މަރުވި ސަބަބު ޔަގީންކުރުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން އޮޓޮޕްސީއެއް ވެސް ހެދިއެވެ. އެ އޮޓޮޕްސީން ވެސް  އަތުހަރުގެ މަރުގެ ސަބަބަކީ އަމިއްލައަށް މަރުވުން ކަމަށް އެނގިފައިވާކަމުގައި ފުލުހުން އޭރު ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓުގެ ބޮޑު ވައްކަމުގެ ހީލަތްތެރި ''ޕްލޭން'' ހާމަކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންމާލޭ ގެއެއްގެ ހަވަނަ ބުރިން ވެއްޓުނު މީހަކު ނިޔާވެއްޖެޚަބަރު | 17 ގަޑިއިރު ކުރިން355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދަކުން ނޫން: ފުލުހުންޚަބަރު | ދުވަހެއް ކުރިން ޑްރަގް ބޭނުންކުރަން ތިއްބާ ނުވަ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން