logo
E-Platinum
ޚަބަރު

ކުޅުދުއްފުށީގެ އައު ބޮޑުމަގުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާއިބެހޭ ވުޒާރާއިން ގަސް އިންދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ސެޕްޓެމްބަރު 2024 - 19:36
  ކުޅުދުއްފުށީގެ އައު ބޮޑުމަގުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާއިބެހޭ ވުޒާރާއިން  ގަސް އިންދައިފި

ކުޅުދުއްފުށީ ސިޓީގެ އަލަށް ހެދި ބޮޑުމަގުގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް (ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ) އިން ގަސް އިންދައިފި އެވެ.

އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުޅުދުއްފުށީ ސިޓީގެ އިރުމަތީ ފަރާތުގައި އަލަށް ހެދި ބޮޑުމަގުގައި އެ މިނިސްޓްރީން އިސްނަގައިގެން ގަސް އިންދާފައިވާ ކަމަށެވެ.

މިގޮތުން އެ މިނިސްޓްރީގެ ކުޅުދުއްފުށީ ޕަބްލިކް ވާރކްސް ޔުނިޓުގެ މުވައްޒަފުން ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހަރަކާތުގައި އެ މުވައްޒަފުން ވަނީ ޖުމްލަ 125 ގަސް އިންދާފައެވެ. މީގެ ތެރޭގައި ކިނބި، ފިތުރޯނު އަދި ރަނިކަ ގަސް ހިމެނެއެވެ.

އަލަށް ހެދި ބޮޑުމަގުގައި އިންދި މި ގަސްތައް ރޯވަންދެން ގަސްތަކަށް ފެންދިނުމުގެ މަސައްކަތް ކުޅުދުއްފުށީ ޕަބްލިކް ވާރކްސް ޔުނިޓުން ކުރާނެކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ ބުނެފައެވެ.

''މިއީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފެއްޓެވި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕަބްލިކް ވާރކްސް ޔުނިޓުން ކުރިޔަށް ގެންދިޔަ ޙަރަކާތެއް'' އެ މިނިސްޓްރީން ބުނެފަވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި ޚަބަރު | 4 ދުވަސް ކުރިންބާވެ ހަލާކުވެފައި ހުރި 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށައިފިޚަބަރު | 12 ދުވަސް ކުރިންނަތީޖާ ބަދަލުކުރެވޭނީ، ކަންތައްތައް ކުރާ ގޮތަށް ބަދަލު ގެނެވިގެން : ވަޒީރު އާދަމް ޝަރީފް ޚަބަރު | 20 ދުވަސް ކުރިންއުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމާއި ގުޅޭ މަސައްކަތްތަކެއްކުރިއަށް ގެންގޮސްފިޚަބަރު | މަހެއް ކުރިން