logo
E-Platinum
ޚަބަރު

ބާވެ ހަލާކުވެފައި ހުރި 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށައިފި

ހުސައިން ވަސީމް
12 ޖުލައި 2025 - 11:40
ބާވެ ހަލާކުވެފައި ހުރި  3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށައިފި

މާލޭގައި ބޭނުން ނުކުރާ 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި ތިން އިމާރާތް ތަޅާލަނީ އެ އިމާރާތްތައް ބޭނުން ނުކުރެވޭ ވަރަށް ހަލަކުވެ ބާވެފައިވުމުގެ ސަބުން އާންމުންނަށް ލިބިދާނެ ގެއްލުމަކަށެވެ. ސިޓީސް މިނިސްޓްރީން ތަޅަލުމަށް ނިންމަފައި ވަނީ މާފަންނުގައި ހުރި 3 އިމާރާތެކެވެ. އެއީ އޯކިޑް ޕްލާޒާ އާއި ނިއު ޕްލާޒާގެ އިތުރުން ހައުސް ޕްލާޒާއެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ތަޅާލާނީ އޯކިޑް ޕްލާޒާއެވެ.

Screenshot 2025-07-12 164537.png

 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޢާންމުންނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީވެ، އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ތަޅާލުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މި އިމާރާތްތައް ހުރީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި ކަމަށެވެ.އިމާރާތުގެ ބައެއް ވެއްޓި އޭގެ ސަބަބުން އާންމު ރައްޔިތަކަށް ގެއްލުމެއްވެދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

Gvo9zBxWAAAwJD8.jpeg

 

މި އިމާރާތްތައް ހަދާފައިވަނީ ދަނގަނޑު ބޭނުންކޮށްގެން އޭގެ މައްޗަށް ރާނާއިގެން ކަމަށާ އެހެންވީމާ އިމާރަތްތައް ތަޅާލާއިރު ގޭސް ކަޓަރާއި ކޮންކްރީޓް ބުރުމާ ފަދަ އާލާތްތައް ބޭނުން ކުރަން ޖެހޭ ކަމަށް ވަޒީރު ވިދާވި އެވެ. އަދި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މި ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މި އިމާރާތްތަކަކީ މީގެ ކުރިން އަލިފާނުގެ ހާދިސާ ހިނގައި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ތަންނަތަނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާވެ ހަލާކުވެފައި ހުރި 3 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށައިފިޚަބަރު | 5 ދުވަސް ކުރިންނަތީޖާ ބަދަލުކުރެވޭނީ، ކަންތައްތައް ކުރާ ގޮތަށް ބަދަލު ގެނެވިގެން : ވަޒީރު އާދަމް ޝަރީފް ޚަބަރު | 13 ދުވަސް ކުރިންއުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމާއި ގުޅޭ މަސައްކަތްތަކެއްކުރިއަށް ގެންގޮސްފިޚަބަރު | މަހެއް ކުރިންއިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި އީދު ފާހަގަކުރުމަށް އެދިއްޖެޚަބަރު | މަހެއް ކުރިން