އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި އީދު ފާހަގަކުރުމަށް އެދިއްޖެ
2 ޖޫން 2025 - 14:02

އީދު ފާހަގަކުރުމަށް ރަށްރަށުގައި ބާއްވާ ހަރަކާތްތައް އިސްލާމީ ހުދޫދުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކަމާއި ބެހޭ އިދާރާތަކަށް އަންގައިފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީދަކީ މުސްލިމުންނަށް އަންނަ ވަރަށް އުފާވެރި އަދި ވަރަށް މަތިވެރި ދުވަހެއް ކަމަށެވެ. ދިވެހީންނަކީ ވަރަށް ކުލަގަދަކޮށް އީދު ފަދަ މުނާސަބަތުތައް ފާހަގަކުރާ ބައެއްކަމަށާ އެހެންނަމަވެސް އިސްލާމީ އުޞޫލުތަކާއި އިސްލާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢީދުގެ ކުޅިވަރުތަކާއި ޙަރަކާތްތައް ކުރިއަސްގެންދިއުމަށް އެދޭކަމަށެވެ. އަދި މިފަދައިން ހަރަކާތްތައް ކުރިއަށްގެންދޭތޯ ކަށަވަރުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެ ވުޒާރާއިންވަނީ އަންގަވާފައެވެ.

Ad by Hajj Corporation
އީދު ކުޅިވަރުތަކާ ހަރަކާތްތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ ދިވެހިންގެ އިޖުތިމާއީ ގުޅުން ބަދަހިވާ ކަމެއް ކަމަށްވެސް ވުޒާރާއިން ބުނެ އެވެ.
މީގެ އިތުރަށް މިނިސްޓްރީން ބުނީ ދީނުގެ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމާއި ހުރިހާ ދިވެހީންވެސް އީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް ކަމަށެވެ. އެގޮތުގެ މަތިން މި އަހަރުވެސް ޢީދު ފާހަގަކުރާއިރު، އިސްލާމީ ތަރަހައިގެ ތެރެއިން ޢަމަލު ކުރުމަށް އެވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.
ކުރިޔަށް އޮތް ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.
މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 6 ވާ ހުކުރު ދުވަހެވެ.


