logo
MPL

MPL

ޚަބަރު

މިނިސްޓްރީ އުވާލުމަކީ ގާނޫނީ ހުސްކަމެއް އަންނާނެ ސަބަބެއް ނޫން: އެލްޖީއޭ

މަރިޔަމް މާޙީ
16 އޭޕްރީލު 2026 - 10:13
މިނިސްޓްރީ އުވާލުމަކީ ގާނޫނީ ހުސްކަމެއް އަންނާނެ ސަބަބެއް ނޫން: އެލްޖީއޭ

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި އަތޮޅު ކައުންސިލުތައް އުވާލުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ އެއްވެސް ހުސްކަމެއް އަންނާނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭ އިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަތޮޅު ކައުންސިލުތަކާއި މިނިސްޓްރީ އުވާލުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ބުނެ މީސްމީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އޮތޯރިޓީން ބުނިގޮތުގައި ގޮތުގައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން، އަތޮޅު ކައުންސިލުތައް އުވާލައި، އެ ކައުންސިލުތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި ޒިންމާތައް މިހާރު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ މަތިކޮށްފަ އެވެ. އަދި އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު، އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތަކެއް ގާއިމްކުރުމުގެ އިޚްތިޔާރު ވެސް ގާނޫނުން ލިބިދީފައިވާ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

"އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ގާނޫނީ މަސްއޫލިއްޔަތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވުމާއި، އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި މި އޮތޯރިޓީގެ އޮފީސްތަކެއް ގާއިމްކުރުމުގެ އިހްތިޔާރު އޮތުމުން، މިނިސްޓްރީ އުވާލުމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ކަމަށް ނުދެކެން،" އެލްޖީއޭ

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންނަވާ އިދާރީ ބަދަލުތަކުގެ ސަބަބުން، ގާނޫނުއަސާސީގަޔާއި ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން އެލްޖީއޭ އިން ވަނީ ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އެލްޖީއޭ ބޯޑުގެ އިންތިހާބު ކާމިޔާބުވުމަކީ ލާމަރުކަޒީ އުސޫލުން ޤައުމު ހިންގަން ލިބުނު އިތުރު ބާރެއް" ޚަބަރު | 9 ދުވަސް ކުރިންއެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިޚަބަރު | 10 ދުވަސް ކުރިންއެލް.ޖީ.އޭ އިން އަލަށް އިންތިހާބުވި މެންބަރުންނަށް އަމާޒުކޮށް ބޭއްވި ޕްރޮގްރާމް ނިންމާލައިފިޚަބަރު | 6 މަސް ކުރިންމިނިސްޓްރީ އުވާލުމަކީ ގާނޫނީ ހުސްކަމެއް އަންނާނެ ސަބަބެއް ނޫން: އެލްޖީއޭޚަބަރު | 7 މަސް ކުރިން