logo
Bank of Maldives

Bank of Maldives

ޚަބަރު

އެލް.ޖީ.އޭ އިން އަލަށް އިންތިހާބުވި މެންބަރުންނަށް އަމާޒުކޮށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

އައިޝަތު ނަޝާ
16 މޭ 2026 - 17:02
އެލް.ޖީ.އޭ އިން އަލަށް އިންތިހާބުވި މެންބަރުންނަށް އަމާޒުކޮށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.ކ)ތަކުގެ 5 ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން މަޤާމަށް އަހުލުވެރިކުރުމަށްޓަކައި، "ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެލް.ޖީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،މި ޕްރޮގްރާމްގެ މަގުސަދަކީ އައު ދައުރަކަށް އިންތިޚާބުކުރެވުނު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުވައި، ކައުންސިލަރުން އަދި އ.ތ.މ.ކގެ މެންބަރުންގެ ދައުރާއި ޒިންމާއާއި މަސްއޫލިއްޔަތުތައް އަންގައިދީ، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ކައުންސިލްތަކާއި އ.ތ.މ.ކަތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކި ދާއިރާތަކުން ބޭނުންވާ މުހިއްމު މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

އަދި އެލް.ޖީ.އޭ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) ގުޅިގެން، 2026 މޭ 10 އިން 14 އަށް 5 ދުވަހުގެ މުއްދަތަށް، ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ، މުޅިން އަލަށް ކައުންސިލްތަކާއި އ.ތ.މ.ކތަކަށް އިންތިޚާބުވި މެންބަރުންނަށް ކަމަށާއި،އެހެންނަމަވެސް ކައުންސިލްތަކާއި އ.ތ.މ.ކަތަކުގެ އެންމެހައި އިންތިޚާބީ މެންބަރުންނަށާއި, ސެކްރެޓަރީ ޖެނެރަލުންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން، ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތަކަށް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުން 174 ކައުންސިލާއި, 166 އ.ތ.މ.ކ.ގެ މެންބަރުން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި،އަދި ސެކްރެޓަރީ ޖެނެރަލުންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން 74 ބޭފުޅުންވެސް މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެލް.ޖީ.އޭ ބުނެފައިވެއެވެ.

ބަޖެޓުގެ ދަތިކަމުގެ ސަބަބުން އޮންލައިންކޮށް މި ޕްރޮގްރާމް ކުރިއަށްގެންދިޔަ ނަމަވެސް، ބައިވެރިން ނިސްބަތްވާ ކައުންސިލަކަށް ވަޑައިގެން، ކައުންސިލް އަދި އ.ތ.މ.ކގެ އެހެން މެންބަރުންނާއެކު ޕްރޮގްރާމްގައި ބައިވެރިވުމުގެ އިދާރީ އިންތިޒާމް ކައުންސިލްތަކުން ހަމަޖައްސާދީފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

WhatsApp Image 2026-05-16 at 9.32.15 PM.jpeg

 

އަދި މިގޮތަށް ކައުންސިލް އަދި އ.ތ.މ.ކގެ މެންބަރުން އެއް ތަނަކުން ޕްރޮގްރާމްގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައި އޮތުމުން، ތަމްރީނުގެ ސެޝަންތަކުގައި ފޯރުކޮށްދެވުނު މައުލޫމާތާމެދު، ޓީމެއްގެ ގޮތުގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

އަދި ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމާ ގުޅޭގޮތުން ބައިވެރިން ހިއްސާކޮށްފައިވާ ޚިޔާލުތަކުގެ ތެރެއިންވެސް އެންމެ ގިނަ ޢަދަދަކަށް ބައިވެރިން ފާހަގަކޮށްފައިވަނީ، އޮރިއެންޓޭޝަން ޕްރޮގްރާމް "ފޭސްޓު-ފޭސް" ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްގެންދިޔުންކަން ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެހެން ދައުރުތަކާ ޚިލާފަށް، 5 ވަނަ ދައުރުގެ އިންތިޚާބީ ކައުންސިލްތަކާއި އ.ތ.މ.ކަތަކުގެ މެންބަރުން މަޤާމަށް އަހުލުވެރިކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، އެ ބޭފުޅުން މަޤާމުގެ ހުވާކުރުމުގެ ކުރިންނެވެ. 2026 މޭ 17 ވަނަ ދުވަހު، އެ ބޭފުޅުން މަޤާމުގެ ހުވާކުރައްވާނީ، އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އެނގިވަޑައިގެން ތިއްބަވައިގެންނެވެ.

WhatsApp Image 2026-05-16 at 9.32.11 PM.jpeg

 

އެގޮތުން މި ޕްރޮގްރާމްގެ ސެޝަންތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމާއި، ނިޒާމުއި، ނިޒާމުގެ ޤާނޫނީ އޮނިގަނޑާއި، ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، ކައުންސިލަރުންގެ ދައުރާއި، ތަރައްޤީއަށް ރޭވުމާއި، ރައްޔިތުންގެ ބައިވެރިވުން ހޯދުމާއި، ކައުންސިލްގެ އިދާރީ ހިންގުމާއި، މާލީ އިންތިޒާމްތަކާއި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤާއި، ޑިޖިޓަލް ގަވަރިނަންސްއާއި, ޕަރފޯމަންސް މެނޭޖްމަންޓް ނިޒާމާއި، ހެޔޮ ހިންގުމާގުޅޭ މުހިއްމު މަޢުލޫމާތު، އެލް.ޖީ.އޭ، ސިވިލް ސަރވިސް ކޮމިޝަން އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ފޯރުކޮށްދީފައިވެއެވެ.

އަދި ޕްރޮގްރާމްގެ ކުރިއަށްދިޔަ ގަޑިތަކުގައި، އެމް.އައި.އެލް.ޖީ ޓީމުގެ ފަރާތުން ބައިވެރިންގެ ސުވާލުތަކަށް އޮންލައިންކޮށް ޖަވާބުދިނުމުގެ އިތުރަށް، ކޮންމެ ދުވަހެއްގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކަށްފަހު، އިތުރު ސުވާލުތަކަށް ޖަވާބުދިނުމަށް ވަކީ ސެޝަނެއް ހާއްސަކޮށްފައިވެސްވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލް.ޖީ.އޭ އިން އަލަށް އިންތިހާބުވި މެންބަރުންނަށް އަމާޒުކޮށް ބޭއްވި ޕްރޮގްރާމް ނިންމާލައިފިޚަބަރު | 2 ގަޑިއިރު ކުރިންމިނިސްޓްރީ އުވާލުމަކީ ގާނޫނީ ހުސްކަމެއް އަންނާނެ ސަބަބެއް ނޫން: އެލްޖީއޭޚަބަރު | މަހެއް ކުރިން