"އެލްޖީއޭ ބޯޑުގެ އިންތިހާބު ކާމިޔާބުވުމަކީ ލާމަރުކަޒީ އުސޫލުން ޤައުމު ހިންގަން ލިބުނު އިތުރު ބާރެއް"
1 ނޮވެމްބަރު 2026 - 05:11
.jpg&w=1200&q=75)
އޮކްޓޯބަރު 31 ވަނަ ދުވަހު ކުރިއަށްދިޔަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، (އެލްޖީއޭ) ބޯޑުގެ އިންތިޚާބު ޕީއެންސީއިން ކާމިޔާބު ކުުރުމަކީ ލާމަރުކަޒީ އުސޫލުން ޤައުމު ހިންގުމަށް ސަރުކާރަށް ލިބުނު އިތުރު ބާރެއް ކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޕީއެންސީގެ ޑެޕިއުޓީ ރަޖިސްޓްރާ އަހްމަދު ހަމްދާން ނާސިރު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ހަމްދާން ވިދާޅުވީ، ނިމިގެންދިޔަ އެލްޖީއޭގެ ބޯޑުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ޕީއެންސީގެ ހުރިހާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފެނިފައިވާ ކަމަށެވެ. އޭގެ ހެއްކަކީ ބޮޑު ތަފާތަކުން މި އިންތިހާބު ސަރުކާރަށް ކާމިޔާބުވުން ކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވެވި އެވެ. އަދި މި އިންތިހާބު ކާމިޔާބު ވުމަކީ ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށް ލިބުނު އިތުރު ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ހަމްދާން އިތުރަށް ވިދާޅުވީ، އެލްޖީއޭގެ ބޯޑުގެ މެޖޯރިޓީ ބޭނުން ކޮށްގެން ރައްޔިތުންނަށް އުނދަގޫވާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން މިހާތަނަށް ކޮށްފައިނުވާނޭ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް މަންފާ ކުރާނެ ކަމެއް ނޫނީ މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަޤީން ކަން އެބަ އޮތް ކަމަށެވެ.
"ޕީއެންސީއަކީ އަދި މި ސަރުކާރަކީ ވެސް ރައްޔިތުންނަށް ޖެއްސުންކުރުމާ ލިބިފައި އޮންނަ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާނެ ބައެއް ނޫން.މި ސަރުކާރުން ކުރާ ކޮންމެ ކަމަކީ ވެސް ރައްޔިތުންނަށް އޭގެން ފައިދާ ވާނެ ކަންކަން." ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ، އެލްޖީއޭ ބޯޑުގެ މެޖޯރިޓީ ސަރުކާރަށް ލިބުމުން ލިބޭ އަނެއް ފަސޭހައަކީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން އިސްލާހުކޮށް ތަންފީޒު ކުރަން ފަސޭހަވުން ކަމަށެވެ.
ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އަޙްމަދާއި، ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް އަލްފާޟިލާ މަރްޔަމް ޒީނާއެވެ. މި އިންތިޚާބުތައް ބޮޑު އަޤްލަބިއްޔަތަކުން ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާއި ވާދަކޮށްގެނެވެ.

-01.jpg&w=3840&q=75)
