logo
MPL

MPL

ޚަބަރު

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

އައިޝަތު ނަޝާ
31 އޮކްޓޯބަރު 2026 - 07:09
އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 ހަމައަށެވެ.މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބެއެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.

މިއަދު ހެނދުނު 10:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދިޔަ ނަމަވެސް ވަގުތު ހަމަވާއިރު ކިޔޫގައި އިތުރު މީހުން ތިބިނަމަ ވޯޓުލުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބުގައި އެލްޖީއޭ އާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި 19 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މާލޭގައި ވޯޓުފޮށި ބަހައްޓާފައިވަނީ އެލްޖީއޭގައެވެ.

މި އިންތިޚާބުގައި ދެ މެންބަރުން ހޮވުމަށްވެސް ވޯޓު ކަރުދާސް ލާންޖެހޭނީ އެއް ވޯޓުފޮއްޓަކަށެވެ. ނަމަވެސް ރަށު ކައުންސިލްގެ މެމްބަރާއި އަންހެނުންގެ ކޮމިޓީގެ ރައީސަށް ހޮވުމަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ.

އެލްޖީއޭއިން ބުނީ އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެ ކަމަށެވެ. އަދި ވަގުތީ ނަތީޖާ މިރޭ އިއުލާންކުރާނެ ކަމަށާއި ގަވާއިދާ އެއްގޮތަށް ދާއިމީ ނަތީޖާ 3 ނޮވެމްބަރުގައި އިއުލާންކުރާނެ ކަމަށް ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންއެލް.ޖީ.އޭ އިން އަލަށް އިންތިހާބުވި މެންބަރުންނަށް އަމާޒުކޮށް ބޭއްވި ޕްރޮގްރާމް ނިންމާލައިފިޚަބަރު | 5 މަސް ކުރިންމިނިސްޓްރީ އުވާލުމަކީ ގާނޫނީ ހުސްކަމެއް އަންނާނެ ސަބަބެއް ނޫން: އެލްޖީއޭޚަބަރު | 6 މަސް ކުރިން