ޞިއްހީ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަކީ އެންމެ ބޮޑު އަމާޒު: ނާޒިމް


23 އޭޕްރީލު 2025 - 16:57
މިދާއިރާއިން ދިވެހިން ތަމްރީން ކުރުމަކީ އެންމެ ބޮޑު އަމާޒުކަމުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރެވޭނެ ދާއިމީ އިންތިޒާމެއް ޤާއިމުކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް ވިދާޅުވީ، މިދާއިރާއިން މީހުން ބޭނުންވާވަރު ދެނެގަތުމަށް ހެދި އެސެސްމަންޓް ގިނަ ބަޔަކު މިދާއިރާއަށް ބޭނުންވާ ކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި މި ދާއިރާއިން ތަމްރީނުވެފައިތިބި ދިވެހިންގެ އަދަދު މަދުކަމުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރައްވަނީ ބިދޭސީ މުވައްޒަފުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތައް އެދެވޭ ބަދަލެއް ގެނެވޭނީ މިދާއިރާއިން މީހުން ތަމްރީން ކޮށްގެން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ އަމާޒަކީ ހެލްތު ސެކްޓަރގެ އިންފްރާސްޓްރަކްޗަރ އަށް ކުރާ ޚަރަދާ އެއްވަރަށް ނޫނީ އެއަށްވުރެ ބޮޑަށް މީހުން ތަމްރީން ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ލައިސެންސެއް ނުހޯދާ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ
8 މަސް ކުރިން
ސިއްހީ ހިދުަމަތުގެ ތަކުލީފު ނައްތާލަން 5 ހޮސްޕިޓަލް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި
7 މަސް ކުރިން
ސިއްހީ ދާއިރާގެ ދިރާސާތައް ހިމެނޭ ދިހަވަނަ ވޮލިއުމް ނެރެފި
4 މަސް ކުރިން