logoEN
ޚަބަރު

ލިބޭ ކޮންމެ ކާމިޔާބެއް ބިނާވާނީ ކުރާ ޢަމަލުގެ މައްޗަށް - ހެލްތް މިނިސްޓަރ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

24 އޭޕްރީލު 2025 - 13:49

ރާއްޖޭގެ ޞިއްޙީ ދާއިރާގައި ރާއްޖެއިން ބޭރުގެ ގިނަ ނަރުހުންނާއި ޑޮކްޓަރުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ މެޑިކަލް ދާއިރާއަށް ނުކުންނަ ދިވެހީންގެ އަދަދު އިތުރުވަމުން އަންނަކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެގޮތުން ބޭރުގައުމުތަކުގެ 1300 އަށްވުރެ ގިނަ ނަރުހުންނާއި 900އަށްވުރެ ގިނަ ޑޮކްޓަރުން ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ރާއްޖެއިން ބޭރުގެ ގިނަ ނަރުހުންނާއި ޑޮކްޓަރުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެގޮތުން ބޭރުގައުމުތަކުގެ 1300 އަށްވުރެ ގިނަ ނަރުހުންނާއި 900އަށްވުރެ ގިނަ ޑޮކްޓަރުން ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ގިނަ ދިވެހީން މެޑިކަލް ދާއިރާއަށް ނުކުތުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީފާގެ މާހައުލުގަޔާއި އާންމު ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި މަޝްއޫލުވެ އުޅޭއިރު އަމިއްލަ ކުރިއެރުމަށް ވަގުތު ދެއްވުމަށް އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ޞިއްޙީ ވަޒީރުވަނީ ގޮވާލައްވާފައެވެ. "ޤައުމުގެ ތަރައްޤީއާ ކުރިއެރުމަކީ އެންމެންގެ ބައިވެރިވުން އުފެދޭ ނަތީޖާއެއް. އެ ނަތީޖާ ހާސިލްކުރުމަށް އަޅުގަނޑުމެން ކޮންމެ މީހެއްގެ ހަޔާތަކީ ފުދުންތެރި އުފެއްދުންތެރި ހަޔާތަކަށް ހަދަންޖެހޭ. ހިތްހަމަޖެހޭ އަދި ހިތްހަމަ ޖައްސައިދޭ ހަޔާތަކަށް ހަދަންޖެހޭ" ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder