ގައުމު ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ ގައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން: އިހުސާން


25 އޭޕްރީލު 2025 - 04:42
ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ އެ ގައުމެއްގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ހަމަޖެހިފައި އޮތުންކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ މި ރާއްޖޭގެ މުޅި އިގްތިސޯދު ގައުމުގެ ހަމަޖެހުމުގެ މައްޗަށް ބިނާވެފައި އޮތް ރާއްޖެއެއް ކަމަށެވެ. އަދި އިންވެސްޓަރުންގެ ޔަގީންކަމުން ފެށިގެން ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ބިނާވެފައިވަނީ އެ އިހުސާސްގެ މައްޗަށް ކަމަށް ވިދަޅުވިއެވެ.
‘’މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެ މީހުންގެ އާއިލާތައް ދިރއުޅެމުން އަންނަނީ ވޭނާއި އުނދަގުލުގައި. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ސަބަބުން ކުށުގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. މަސްތުވާތަކެތީގެ ވިޔަފާރީގެ މުގާބިލުގައި ކުށްކުރާ ގޭންގުތައް އުފެދި މުޖުތަމައު ހަމަނުޖެހުމުގެ ތެރެއަށް ވަނީ އައިސްފައި.''
އަދި މައުސޫމު އެތަކެއް ފުރާނަތަކެއް ދިޔައީ މި މާހައުލުގެ ޝިކާރައަކަށްވަމުން ކަމަށާއި ތުއްތު ކުދިން ދިޔައީ ކުށުގެ ވެއްޓަށް ހުށަހެޅެމުން ކަމަށާއި ކުށްކުރާ ކުޑަކުދިން، ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް އެންމެބޮޑު ނުރައްކަލަކަށްވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ކުށުގެ ވެއްޓަށް ބޮޅުތަކެއް އިތުރުވެފައިވުމުން ކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކަށް މީގެކުރިން އެކަށީގެންވާ ހައްލެއް ގެނެވޭނެކަމުގެ އުންމީދެއް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް ވެސްވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ މަސައްކަތްތަކުގައި ތަފާތު ފެންނާނެ އަހަރެއް ކަމަށާއި ދިވެހިފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭގޮތަށް ނަތީޖާ ފެންނާނެ އަހަރެއް ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އިފެކްޓިވް ކުރުމަށްޓަކައި އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ފުލުހުންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީތަރައްގީގެ މަޝްރޫއު މިދިޔަ މަހުގައި ފެށިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ
އިތުރު ލިޔުންތައް

ހުވަން ލޯންޗުން މީހުން ސަލާމަތްކުރުމުގައި ފުލުހުން ދެއްކީ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ނަމޫނާ: ދާޚިލީ ވަޒީރު
3 މަސް ކުރިން
މިއަހަރުގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކުރުން: އިހުސާން
މަހެއް ކުރިން
ޑިޖިޓަލައިޒް ވެގެން ދިއުމުން ކޮރަޕްޝަން މަދުވެ ދައުލަތުން ދެފުށް ފެން ގޮތެއްގައި ހިދުމަތް ދެވޭނެ- އިހުސާން
15 ދުވަސް ކުރިން