logo
ޚަބަރު

ސަރުކާރުން ކުރާ ރަނގަޅު ކަންކަން ވިޔަ ނުދޭން އަބަދުވެސް އިދިކޮޅުން މަސައްކަތް ކުރާނެ- އިހުސާން

ހުސައިން ވަސީމް
10 މޭ 2025 - 13:10
ސަރުކާރުން ކުރާ ރަނގަޅު ކަންކަން ވިޔަ ނުދޭން އަބަދުވެސް އިދިކޮޅުން މަސައްކަތް ކުރާނެ- އިހުސާން

ސަރުކާރުން ކުރާ ރަނގަޅު ކަމެއްވެއްޖިއްޔާ އެކަމެއް ވިޔަ ނުދޭން އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން މިއަދު މެންދުރު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮގް ގޮތުން އެއްވެސް ކަމެއް އަނެއް ސިޔާސީ ފަރާތުން ކުރާކަމަށް ވެއްޖިއްޔާ އަދި އެއީ ރަނގަޅު ކަމެއްކަމަށް ވެއްޖިއްޔާ އެކަމެއް ވިޔަ ނުދޭން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިހުސާން ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް އެއްވެސް ސަރުކާރަކުން އެ ސަރުކާރެއްގެ އެތެރޭގައި ހުރި މައްސަލަތައް ބަލާ ފިޔަވަޅު އެޅި ސަރުކާރެއް މި ނޫނީ ނާންނަކަމަށެވެ. ހާއްސަކޮށް ކޮރަޕްޝަން ހުއްތުވުމަސްޓަކާ މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ފާހަގަކުރައްވާ އިހުސާން ވިދާޅުވީ މި ސަރުކާރުން އެއްވެސް ވަރަކަށް ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށެވެ. މިފަދަ މައްސަލަތައް ހައްލު ކުރުމަކީ އަދި ކޮރަޕްޝަން ނައްތާލުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެއްވާ ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

ރޭ އިފްތިތާހް ކުރި މޯލްޑިވްސް 2.0 އަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ ޑިޖިޓަލައިޒްގެ ތެރެއިން ހާސިލް ކުރަންބޭނުންވާ ކަމަކީ ސިސްޓަމްގެ ތެރޭގައި ހެދިފައި ހުރި ނިޒާމީ ކޮރަޕްޝަންތައް ނައްތާލުން ކަމަށެވެ. މީގެ ސަބަބުން ނިޒާމީ ކޮރަޕްޝަން ނައްތާލެވި ސިިސްޓަމް އަލުން ޑިޒައިންކޮށް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދޭން މިފަށަނީ ކޮރަޕްޝަނަށް އޮންނަ މަގުތައް ބަންދުކުރުމަށް ފަހުކަމަށް ވަޒީރު ވިދާޅުވިވި އެވެ.

ވަޒީރު ވިދާޅުވީ ރާއްޖެ ޑީޖިޓަލީ ޓްރާންސް ފޯމް ކުރުމަށް މިކުރާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުންވެސް ބައިވެރިވާން ޖެހޭނެ ކަމަށާ މިއީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ގިނަ ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަހުގެ ޓެކްނޮލޮޖީއާ އެއްހަމަވާ ގޮތަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މުޅި ރާއްޖޭގެ ޢާންމު ޚިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު މަޝްރޫޢަށް 4 ފަރާތެއްގެ ޝަޢުގުވެރިކަންޚަބަރު | 3 މަސް ކުރިންބިދޭސީން ރެކްރޫޓްކުރާ އެޖެންސީތައް ރަޖިސްޓަރީކުރާކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރުޚަބަރު | 3 މަސް ކުރިންރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް: އިހުސާން ޚަބަރު | 3 މަސް ކުރިންސަރުކާރުން ކުރާ ރަނގަޅު ކަންކަން ވިޔަ ނުދޭން އަބަދުވެސް އިދިކޮޅުން މަސައްކަތް ކުރާނެ- އިހުސާން ޚަބަރު | 4 މަސް ކުރިން