logo
E-Platinum
ޚަބަރު

ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު މަޝްރޫޢަށް 4 ފަރާތެއްގެ ޝަޢުގުވެރިކަން

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖޫން 2025 - 06:18
ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު މަޝްރޫޢަށް 4 ފަރާތެއްގެ ޝަޢުގުވެރިކަން

ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު އެޅުމުގެ ބޮޑު މަޝްރޫޢަށް، ބޭރުގެ ތިން ކުންފުންޏަކާއި ރާއްޖޭގެ އެއް ކުންފުންޏަކާއެކު ޖުމްލަ 4 ފަރާތަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙުސާން ވިދާޅުވީ، މި މަޝްރޫޢަށް ޝަޢުގުވެރިކަން ފާޅުކުރީ އެމެރިކާ، ޗައިނާ، އަދި މެލޭޝިއާގެ ކުންފުނިތަކަކާ އެކު ރާއްޖޭގެ ކުންފުންޏެއް ކަމަށެވެ.

ވަޒީރު އިޙުސާން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ޖަލުތައް ހިންގުމަށް މިހާރު ކުރާ ޚަރަދު ކުޑަކުރުމެވެ. މި މަޝްރޫޢުގެ ސަބަބުން ޖަލުތައް ހިންގުމުގެ ޚަރަދު %40 ކުޑަކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޖަލުތައް ބައިނަލްއަޤްވާމީ ފެންވަރަށް ގެނެވި، ކުށްވެރިން ރިހެބިލިޓޭޓް ކުރެވޭނެ ފެންވަރު ރަނގަޅު ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު އެކި ރަށްރަށުގައި ޖަލުތައް ހުރުމުގެ ސަބަބުން ޚަރަދު ބޮޑުވެ، އެންމެ ގައިދީއަކު ބެލެހެއްޓުމަށް މަހަކު 27 ހާސް ރުފިޔާ ޚަރަދުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިހާރުގެ ޖަލުތަކަކީ އޯވަކްރައުޑްވެފައިވާ ތަންތަންކަމަށާއި، ކުށްވެރިން ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް އެކަށީގެންވާ ޖާގައެއް ނެތްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ޖަލު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައި ވަނީ އުތުރު ތިލަފަޅު (ޔޫޓީއެފް) ގައެވެ. ވަޒީރު ވިދާޅުވީ، ބްރިޖަކުން ގުޅޭ ތަނެއްގައި ޖަލު ތަރައްޤީކުރުމަށް ރައީސް ނިންމެވީ އެތަނަށް ދަތުރުކުރުމާއި، ޤައިދީންގެ ބޭނުންތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށެވެ. ސަރުކާރުގެ ޢަމާޒަކީ ޖަލުން ނިކުންނަ ކޮންމެ މީހަކީ މުޖުތަމަޢަށް ފައިދާހުރި، ބިނާކުރަނިވި މީހެއްގެ ގޮތުގައި ނިކުތުން ކަމަށްވެސް ވަޒީރު އިޙުސާން ވިދާޅުވިއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު މަޝްރޫޢަށް 4 ފަރާތެއްގެ ޝަޢުގުވެރިކަންޚަބަރު | މަހެއް ކުރިންބިދޭސީން ރެކްރޫޓްކުރާ އެޖެންސީތައް ރަޖިސްޓަރީކުރާކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރުޚަބަރު | މަހެއް ކުރިންރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް: އިހުސާން ޚަބަރު | 2 މަސް ކުރިންސަރުކާރުން ކުރާ ރަނގަޅު ކަންކަން ވިޔަ ނުދޭން އަބަދުވެސް އިދިކޮޅުން މަސައްކަތް ކުރާނެ- އިހުސާން ޚަބަރު | 3 މަސް ކުރިން