logo
MPL

MPL

ޚަބަރު

ދާހިލީ ވުޒާރާގެ ނަމުގައި މީސްމިޑީއާގައި ދައުރުކުރަނީ އަސްލު ސިޓީއެއް ނޫން: މިނިސްޓަރު އިހުސާން

އަޙުމަދު ރިޝާން
1 ސެޕްޓެމްބަރު 2026 - 04:51
ވަޒީރު އިހްސާން، ފޮޓޯ: ދާޚިލީ ވުޒާރާ
ވަޒީރު އިހްސާން، ފޮޓޯ: ދާޚިލީ ވުޒާރާ

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ނަމުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުޙައްމަދު ޝަރީފަށް ރައްދުކޮށް މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ މުޅިން ވެސް އަސްލެއް ނޫން، ސައްޚަ ނޫން ލިޔުމެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މި ސިޓީގައި ބުނެފައިވަނީ ބޭރުފައިސާގެ ގާނޫނުގެ ދަށުން ތަހުގީގީ ބޭނުމަށް، ބޭރުފައިސާގެ ވިޔަފާރިކުރާ ފަރާތްތަކުގެ އެކައުންޓްތަކުގެ މައުލޫމާތާއި ލިސްޓެއް ހިއްސާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް މިކަން ދޮގުކުރައްވަމުން ވަޒީރު ވިދާޅުވީ ދާހިލީ ވުޒާރާއަކީ ސީދާ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ، އެފަދަ އެއްވެސް ލިޔުމެއް ބޭންކަކަށް ނުވަތަ އެހެންވެސް އިދާރާއަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ނަމުގައި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުހިންގުމަށް އެމަނިކުފާނު ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

މި ކަމާ ގުޅިގެން ބީއެމްއެލްއިން ވެސްވަނީ އެ ސިޓީއަކީ ސައްހަ ސިޓީއެއް ނޫންކަން ކަށަވަރުކޮށްދީފައެވެ. އެ ބޭންކުން ބުނިގޮތުގައި ކަސްޓަމަރުންގެ ބޭންކިންގ މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިންގ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި، އަދި ރަސްމީ ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ހުށه‌ހެޅުމުން އެކަންޏެވެ.

މިފަދަ ދޮގު ލިޔުންތައް ދައުރުވަމުންދާއިރު، ބޭރުފައިސާގެ އާ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތިން ބޭރުފައިސާގެ ވިޔަފާރިކުރުމާއި ކަޅު ބާޒާރުގައި ބޭރުފައިސާގެ މުއާމަލާތް ކުރުމަކީ ގާނޫނީ ކުށެކެވެ. ސަރުކާރުން ވަނީ މިފަދަ ޤާނޫނުތައް ތަންފީޒުކޮށް، ގާނޫނާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ހާމަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދާހިލީ ވުޒާރާގެ ނަމުގައި މީސްމިޑީއާގައި ދައުރުކުރަނީ އަސްލު ސިޓީއެއް ނޫން: މިނިސްޓަރު އިހުސާންޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް އައު ބޮޅެއް، "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙުކޮށްފިޚަބަރު | 22 ދުވަސް ކުރިންރާއްޖޭގެ ދާހިލީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާތަކެތި: ދާޚިލީ ވަޒީރުޚަބަރު | 2 މަސް ކުރިންފުލުހުންގެ ހިދުމަތުގެ އިތުރު ރަން އަހަރަކަށް މިއަންނަ އަހަރު ވެގެންދާނެ: ވަޒީރު އިހްސާންޚަބަރު | 2 މަސް ކުރިން