logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިޖިޓަލައިޒް ވެގެން ދިއުމުން ކޮރަޕްޝަން މަދުވެ ދައުލަތުން ދެފުށް ފެން ގޮތެއްގައި ހިދުމަތް ދެވޭނެ- އިހުސާން

ހުސައިން ވަސީމް
10 މޭ 2025 - 12:28
ޑިޖިޓަލައިޒް ވެގެން ދިއުމުން ކޮރަޕްޝަން މަދުވެ ދައުލަތުން ދެފުށް ފެން ގޮތެއްގައި ހިދުމަތް ދެވޭނެ- އިހުސާން

ރާއްޖެއަށް ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އިފްތިތާހުކުރި "މޯލްޑިވްސް 2.0" ގެ ސަބަބުން ދައުލަތުން ދެފުށް ފެން ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދެވި ކޮރަޕްޝަނަށް އޮންނަ ފުރުސަތުތައް ބޮޑުތަނުން ކުޑަކުރެވިގެން ދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓިވީ އާސް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު އިހުސާން ވިދާޅުވީ މުޅި މިސިޔާސަތު ބައްޓަން ކުރެވިފައި މިވަނީ ކުރިއަށް އޮތް ތިން އަހަރާ ބައިގެ ތެރޭގައި ރާއްޖެ ޑިޖިޓަލީ އެއްކޮށް ޓްރާންސްފޯމް ކުރުމަށް ކަމަށެވެ.މިކަމުން ހާސިލް ކުރަން ބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑިއަކީ ދައުލަތަކީ ދެފުށްފެންނަގޮތަށް ހިނގަމުންދާ ކޮރަޕްޝަން އެއްކޮށް ނައްތާލެވިފައިވާ ނިޒާމްތަކެއް ހިނގަމުންދާ ދައުލަތެއްގެ ގޮތުގައި ކަންޑައެޅުން ކަމަށް އިހުސާން ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ނިގެންދާއިރު ރައްޔިތުންނަށް ދައުލަތުގެ އެކި އިދާރަތަކުން ދޭ ހިދުމަތްތައް ދިނުމުގައި ފަސޭހަވެގެންދާނެ ކަމަށާ ރައްޔިތުންނަށް ލިބޭ ހިދުމަތަކީ އަވަހަށް ލިބިގެންދާ ހިދުމަތަކަށް ވެގެން ދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އެ ހިދުމަތެއް ލިބެމުންދަނީ ކިހިނެއްކަން ވަރަށް ސާފުކޮށް އިނގޭނެ ކަމަށާ ހިދުމަތަށް ރައްޔިތުން ކުޔޫގައި ޖެހެން ނުޖެހޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަ އަކީ މިހާރު އެކި ތަންތަނުގައި ކިޔޫގައި މިޖެހޭ ޖެހުން ކުޑަވެގެންދާނެ އެންމެ ބޮޑު ބަދަލަކަށް ރައްޔިތުންނަށް ފެނިގެން ދާނީ ދައުލަތުގެ އެއް އިދާރާއަކުން އުފައްދާ ނުވަތަ ދެވޭ ހުއްދަތަށް ރައްޔިތުމީހާ ފޯރުކޮށްދޭކަށް ނުޖެހޭ ސިސްޓަމްގެ ތެރެއިން އެ ހިދުމަތް ދެވިފަ އޮތްކަން އަނެއް ސިސްޓަމަށް އިންގޭނެ އަދި މިކަމުގެ ސަބަބުން ކޮރަޕްޝަން ވަރަށް ބޮޑަށް ކުޑަވެގެން ދާނެ.

ޑިޖިޓަލް ޒަރިއްޔާގެ ތެރެއިން ރައްޔިތުންނަށް ލިބިދޭ ހިދުމަތްތައް ފަސޭހަ ކަމާ އަވަސްަމާ އެކު ދެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ސަރުކާރު އޮފީސްތަކުންދޭ ހިދުމަތްތައް އެމީހަކު ހުރިތަނަކުން ދެވޭނެ ނިޒާމެއް ބައްޓަން ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އިހުސާން ވިދާޅުވީ ރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމްވެގެން ދިއުމުން ދައުލަތުގެ ހަރަދުތައް އެތަށް ގުނައަކުން ކުޑަވެގެނެ ދާނެ ކަމަށާ ރައީސް ޑރ މުއިއްޒު ކަނޑައަޅުއްވާފައިވާގޮތަށް 2028 އަންނަން ވާއިރަށް ސަރުކާރު މުވައްޒަފުންގެ ތެރެއިން ތިން ބައި ކުޅަ އެއް ބައި މުވައްޒަފުންނަކީ އެ މީހަކު ހުރިތަނަކުން އޮންލައިންކޮށް ހިދުމަތް ދެވޭނެ ހާލަތުގައި ތިބޭ ބަޔަކަށް ހެދުމަށް މި ނިޒާމު ބައްޓަން ކުރެވިގެން ދާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން މަސްތުވާތަކެއްޗާ ބެހޭ ފުރިހަމަ މައުލޫމާތު ލިބޭނެޚަބަރު | 13 ދުވަސް ކުރިންޤައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ: ވަޒީރުޚަބަރު | 14 ދުވަސް ކުރިންއެލްއާރްއޭޑީ އެންމެ ފުރަތަމަ ބޭނުންކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: އިހުސާން ޚަބަރު | 14 ދުވަސް ކުރިން