logo
Bank of Maldives

Bank of Maldives

ޚަބަރު

ޔުމްނުގެ މައްސަލާގައި ހިމެނޭ މީހުންގެ ކުޑަކަމުދާ ތަކެތި ނުދޭތީ އެމައްސަލަ ތަހުގީގުކުރަން އަންގައިފި

ހުސައިން ވަސީމް
26 އޭޕްރީލު 2025 - 18:03
ޔުމްނުގެ މައްސަލާގައި ހިމެނޭ މީހުންގެ ކުޑަކަމުދާ ތަކެތި ނުދޭތީ އެމައްސަލަ ތަހުގީގުކުރަން އަންގައިފި

މި މަހުގެ 18 ވަނަ ދުވަހު، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެންކުއްޖަކު ފެއްޓިފައި އޮއްވާފެނުނު މައްސަލާގައި ހިމެނޭ މީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަޙުޤީޤުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ފުލުހުންނަށް އަންގަވައިފި އެވެ.

18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލައިގެ ތަޙުޤީޤަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ޙާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުގެ މައްސަލައެއްގެ ގޮތުގައި އެކަން ތަޙުޤީޤުކުރުމަށް ޕީޖީ އޮފީހުން ފުލުހުންނަށް މިރޭ ވަނީ އަންގާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ހިމެނޭ މީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި ނަމަވެސް އެއްވެސް މީހަކު ފުލުހުން ހައްޔަރެއް ނުކުރެ އެވެ.

އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި، އެ ރޭ އޭނާ އާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަު ކޮށްފަ އެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެގޮތުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި ރައުދުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ލިބެމުން ނުދާ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުގައި ރިވިއު ޓީމުން ކުރި މަސައްކަތުގައި ރައުދުގެ ފަރާތުން "ކޮރޮބޮރޭޓް ކުރުމުގައި" މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މައްސަލައާ ގުޅިގެން މާންދޫ ޓްރެސް އާއި ދެ ވަނަ ފަންގިފިލާ އާއި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގެ ތިން ވަނަ ފަންގިފިލާ ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޕްލިކޭޝަނާއެކު ކޮންމެ 8 ގަޑިއިރަކުން ސްކޭމަރުންގެ މަޢުލޫމާތުތައް އަދާހަމަކުރެވިގެންދާނެ: ފުލުހުން ޚަބަރު | 16 ގަޑިއިރު ކުރިންޑްރަގް މައްސަލާގައި ދެ ރަށަކުން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 17 ގަޑިއިރު ކުރިންހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފި ޚަބަރު | 20 ގަޑިއިރު ކުރިންފުލުހުންގެ ހިތްވަރަށް ސާބަސް: ގެއްލުނު 109 ސައިކަލާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ މަހު ވެސް ހޯދާފައިވޭޚަބަރު | ދުވަހެއް ކުރިން