logo
Bank of Maldives

Bank of Maldives

ޚަބަރު

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފި

އާމިނަތު ޝަފާ
19 އޮކްޓޯބަރު 2025 - 12:20
ރައީސް ހދ. ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަކުނުދޫ ޕޮލިސް ޕޯސްޓުގެ ބިންގާ އަޅަނީ
ރައީސް ހދ. ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަކުނުދޫ ޕޮލިސް ޕޯސްޓުގެ ބިންގާ އަޅަނީ

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ޤާއިމްކުރެވިއްޖެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ ގާއިމުކުރެވިފައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތުގެ ދަށުން ހދ. އަތޮޅުގެ އިތުރުން ގއ. އަތޮޅު، ވ. އަތޮޅު، ތ. އަތޮޅު، ފ. އަތޮޅު އަދި ކ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ވަނީ ގާއިމްކުރެވިފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

މިއާއެކު ރާއްޖޭގެ 6 އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދޭން މިވަނީ ފަށާފައެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެކެވެ. މިއަމާޒު ހާސިލްކުރުމަށް، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ފަށަމުންނެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގް މައްސަލާގައި ދެ ރަށަކުން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 21 މިނިޓު ކުރިންހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފި ޚަބަރު | 3 ގަޑިއިރު ކުރިންފުލުހުންގެ ހިތްވަރަށް ސާބަސް: ގެއްލުނު 109 ސައިކަލާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ މަހު ވެސް ހޯދާފައިވޭޚަބަރު | 8 ގަޑިއިރު ކުރިންސައިބަރ ކުށްތަކަށް ހޭލުންތެރިކުރުމަށް ހާއްސަ އެޕެއް ތައާރަފުކުރަނީޚަބަރު | ދުވަހެއް ކުރިން