މަސްވެރިންނަކީ މިހާރު ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ބައެއް: އަޙްމަދު ޝިޔާމް
.webp&w=3840&q=75)

01 މޭ 2025 - 07:44
މަސްވެރިންނަކީ މިހާރު ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ބައެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް ވިދާޅުވީ ދިވެހި މަސްވެރިން މިހާރު ދައުލަތް ދަންނަ ބަޔަކަށް ވެއްޖެކަމަށެވެ.
ރަހުނަކާ ނުލައި 300،000 ރުފިޔާއާއި ހަމައަށް މަސްވެރިންނަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމަށްފަހު، ވަޒީރު ޝިޔާމް ހާމަކުރެއްވި ގޮތުގައި، މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ކަނޑައަޅައި ބޭންކުތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ އެހެން ފަރާތްތަކަށް ލިބިދެވޭ ފުރުޞަތުތަކުން މަސްވެރިން މަޙްރޫމްނުވާނެ ގޮތް ހެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެކެވެ.
މީގެ އިތުރުން، ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ. މިކަމަކީ މަސްވެރިންނަށް ލިބިދެވޭ ޙައްޤުތަކާއި މަންފާތައް ފުރިހަމައަށް ލިބިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މަސްވެރިންގެ ދަފްތަރު އެކުލަވާލުމަށް އެ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ދަފްތަރު އެކުލަވާލުމަށް އެވުޒާރާގެ މުވައްޒަފުން ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކޮށްފައިވާކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ %95 އިންސައްތަ އުޅަނދު ދަފްތަރުކުރެވިފައިވާކަމަށެވެ.ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ބޭންކުތަކުން ލޯނުތައް ނުވަތަ ފައިނޭންސިންގ ހޯދުންކަމަށެވެ.
އަދި މިކަން ހައްލުކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތުގެ ތެރެއިން މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމްތައް މިއަދުވަނީ ހަމަޖެހިގެން ގޮސްފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނަކީ ސަރުކާރު ދަންނަ ބައެއްކަން ކަށަވަރުވެގެންދިޔައީކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ބިލިއަނެއްހާ ރުފިޔާގެ މަންފާއެއް ލޭނު މަސްވެރިކަމުން ރާއްޖެއަށް ލިބޭނެ: މިނިސްޓަރ ޝިޔާމް
9 މަސް ކުރިން
ދެމެހެއްޓެނިވި މަސްވެރިކަން ކުރާއިރު، އީޔޫ އިން ބޮޑު ޑިއުޓީ ނަގަނީ ކީއްވެ؟ - ވަޒީރު
9 މަސް ކުރިން
މަސްވެރިކަމާގުޅޭ ރަނގަޅު ޕްލޭނެއް އެކުލަވާލުމަށް ވޯލްޑް ބޭންކްގެ ޓީމެއް ރާއްޖެ އަންނަނީ
8 މަސް ކުރިން