logo
E-Platinum
ކުޅިވަރު

ގައުމީ ވޮލީ މުބާރާތުގެ ފައިނަލަށް ވެމްކޯ، ސެމީގައި ޕޮލިސް ނިކުންނާނީ ހުރާއާދެކޮޅަށް

އަބްދުﷲ ޣާނިމް
2 މޭ 2025 - 06:18
ވެމްކޯ އާއި ހުރާ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
ވެމްކޯ އާއި ހުރާ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ވެމްކޯއިން ވަނީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފިއެވެ. މި ކާމިޔާބީ ހޯދީ ޒުވާނުން މަރުކަޒުގައި ރޭ ކުޅުނު މެޗުގައި ޕޮލިސް ކުލަބާ ދެކޮޅަށް 3-2 އިން މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިސް ކުލަބުން ކާމިޔާބުކުރިއެވެ. ފުރަތަމަ ސެޓު 25-20 އިންނާއި ދެވަނަ ސެޓު 25-23 އިން ކާމިޔާބުކުރި ނަމަވެސް، ދެން އައި ތިން ސެޓުގައި ވެމްކޯގެ ކުޅުން ފެނިގެން ދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ތިންވަނަ ސެޓު 25-15 އިންނާއި، ހަތަރުވަނަ ސެޓު 25-23 އިން ކާމިޔާބުކޮށް މެޗު އެއްވަރުކުރުމަށްފަހު، ފަސްވަނަ އަދި ފައިސަލާކުރާ ސެޓު 15-10 އިން ކާމިޔާބުކޮށް ވެމްކޯއިން މެޗު ނިންމާލިއެވެ.

މި ނަތީޖާއާއެކު ލީގު ބުރުގައި 9 ޕޮއިންޓް ހޯދައި އެއްވަނައިގައި ހުރި ވެމްކޯއިން ވަނީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފައެވެ. އަދި 6 ޕޮއިންޓާއެކު ދެވަނައިގައި އޮތް ޕޮލިސް ކުލަބާއި، 5 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ހުރާ ކޮމިއުނިޓީ ކުލަބު ވާދަކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މާދަމާއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ. މި މެޗުގައި ވެމްކޯއާ ދެކޮޅަށް ކުޅޭނީ މާދަމާ ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ވޮލީބޯޅަމުބާރާތުގެ ފައިނަލަށް ސިފައިންގެ ކުލަބް ދަތުރުކޮށްފިކުޅިވަރު | 18 ދުވަސް ކުރިންގައުމީ ވޮލީ މުބާރާތުގެ ފައިނަލަށް ވެމްކޯ، ސެމީގައި ޕޮލިސް ނިކުންނާނީ ހުރާއާދެކޮޅަށްކުޅިވަރު | 3 މަސް ކުރިން