logo
E-Platinum
ކުޅިވަރު

ޤައުމީ ވޮލީބޯޅަމުބާރާތުގެ ފައިނަލަށް ސިފައިންގެ ކުލަބް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
11 ޖުލައި 2025 - 19:17
ދަނޑިމަގާއި ސިފައިނާ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް
ދަނޑިމަގާއި ސިފައިނާ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބުން ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ސިފައިންގެ ކުލަބުން ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ގެންގޮސްފައިވަނީ 25-19، 25-15 އަދި 25-16 އިންނެވެ. ދަނޑިމަގުގެ ފަރާތުން މި މެޗުގައި ފެނިގެން ދިޔައީ އާދައިގެ ކުޅުމެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ޗިރާގް އެވެ.

މި މެޗުން ބަލިވުމާ ގުޅިގެން ދަނޑިމަގު ދެން ކުޅެން ޖެހޭނީ ސެމީ ފައިނަލް ތިންވަނަ މެޗުގައެވެ. މިއަދުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ތިންވަނަ ސެމީގެ ޖާގައެއް ކުލަބު އެޗްޑީސީން ވަނީ ހޯދާފައެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަމުންދަނީ ލީގުގެ އެންމެ ވަރުގަދަ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ގައުމީ ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ލީގުގެ ރަނަރަޕް ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ކުލަބު އެޗްޑީސީއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ވޮލީބޯޅަމުބާރާތުގެ ފައިނަލަށް ސިފައިންގެ ކުލަބް ދަތުރުކޮށްފިކުޅިވަރު | 18 ދުވަސް ކުރިންގައުމީ ވޮލީ މުބާރާތުގެ ފައިނަލަށް ވެމްކޯ، ސެމީގައި ޕޮލިސް ނިކުންނާނީ ހުރާއާދެކޮޅަށްކުޅިވަރު | 3 މަސް ކުރިން