logo
ޚަބަރު

ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރަނީ

ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރަނީ

ދިވެހި ސަރުކާރާއި ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން، ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމަށް އެއްބަސްވެއްޖެއެވެ.

މި މަޝްރޫޢުގެ ނަމަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި މި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އަދި ޝޭޚް ނާއިފް ބިން އީދު އަލް ތާނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މަރުވާން އަލްހާޖެރީއެވެ.

މި ރަސްމިއްޔާތުގައި، ޝެއިޚް ނާއިފް ބިން އީދު އަލް ތާނީގެ އިތުރުން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އިންޑިއާގެ ބައެއް ބޮޑެތި ވިޔަފާރިތަކުން މި މަޝްރޫޢުގައި ބައިވެރިވާނެކަމުގެ ރަސްމީ ލިޔުން ރައީސް މުޢިއްޒަށް ހަވާލުކުރިއެވެ.

އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާލޭގައި ގާއިމުކުރާ މި ސެންޓަރުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

މާލީ ވުޒާރާއިން މި މަޝްރޫޢާ ގުޅޭގޮތުން ބުނެފައިވަނީ، މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަޙައްދެއް ކަމަށެވެ. އަދި މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 10 ގަޑިއިރު ކުރިންޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސްޚަބަރު | 21 ގަޑިއިރު ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | ދުވަހެއް ކުރިންރައީސް، ފްރާންސްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިން