logo
ޚަބަރު

ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު" ގެ ނަމުގައި ޤާއިމުކުރާ މި މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 3 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ މަރުކަޒެކެވެ. މި މަޝްރޫޢުގެ އޢުގެ އެއްބަސްވުމުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު ސަރުކާރުން ސޮއިކުރައްވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

މާލޭ ސަރަހައްދުގައި ދެމެހެއްޓެނިވި، މާލީ މިނިވަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ މި މަރުކަޒު ފަރުމާކޮށްފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ. މި މަރުކަޒުގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ.

މި ސަރަހައްދުގައި ތަރައްޤީކޮށް ނިމޭއިރު، ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކެއް ހުންނާނެއެވެ. މީގެ އިތުރުން، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، ބައިނަލްއަޤްވާމީ ސްކޫލެއް ހިމެނޭހެން ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތަކެއް މި ސަރަހައްދުގައި ޤާއިމްކުރެވޭނެއެވެ.

2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. މިއާއެކު 5 ވަނަ އަހަރާ ހަމައަށް 1 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް މިމަޝްރޫޢުގެ ތެރެއިން ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ލަފާކުރެއެވެ.

މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 10 ގަޑިއިރު ކުރިންޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސްޚަބަރު | 21 ގަޑިއިރު ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | ދުވަހެއް ކުރިންރައީސް، ފްރާންސްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިން