މިހާތަނަށް އެންމެ ގިނަމީހުން ލޯނު ނަގައިފައިވަނީ ޒަމާނީ ދަނޑުވެރިކަމަށް: ވުޒާރާ
ރ، ފައިނުގައި އޮންނަ ދަނޑެއް -- ފޮޓޯ: ރ. ފައިނު ކައުންސިލް އިދާރާ

07 މޭ 2025 - 07:25
ދަނޑުވެރިކަމާއި ދިރޭތަޖެއްޗާ ބެހޭ ވުޒާރާ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން( އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރިނަފާ ލޯނުގެތެރެއިން، މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނެފިއެވެ.
އެސްޑީއެފްސީގެ ޕީޕީއަރު ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރ އައިމިނަތު މުހާ ވިދާޅުވީ ދަނޑުވެރިނަފާ ލޯނަށް 2019 އިން ފެށިގެން ހުޅުވާލާފައިވާއިރު މިހާތަނަށް ލޯނު ނަގާފައިވާ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށެވެ.
އެގޮތުން އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނުން، ޖުމްލަ 18 ފާރާތަކަށް 1.4 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފަައިވާ ކަމަށާއި، އަދި ދެ މިލިޔަނާއި ހަމައަށް 23 ފަރާތަކުން ލޯނު ނަގާފައިވާއިރު، އެފަރާތަކަށް 14.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މުހާ ވިދާޅުވިއެވެ.
މިއާއެކު އެންމެ ގިނަ މީހުން 2 މިލިއަނާއި ހަމައަށް ލޯނު ނަގާފައިވާއިރު ފާހަގަކުރެވެނީ، ޒަމާނީ ދަނޑުވެރިކަމަށް ލޯނު ނަގާފައިވާކަށް ކަމަށް މުހާ ވިދާޅުވިއެވެ. އެގޮތުން ވާރޓިކަލް ފާރމިންގ، އަދި ގުރީން ހައުސް ފާރމިން އަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާކަން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޑިއެފްސީ އިން ބުނީ ޒަމާނީ ދަނދުވެރިކަމަށް ދަނޑުވެރިންގެ ފޯކަސް ހުރިނަމަވެސް ޕޮއެލްޓްރީ ފަރމިންގ ނުވަތަ ކުކުޅު ފާމިންގ ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަކަމަށެވެ.
ދަނޑުވެރިނަފާ ލޯނުގައި ދެ ކެޓެގްރީއެއް ވަނީ ހިމަނާފައެވެ. އެއީ އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނަކާއި، އެއްލައްކައިން ފެށިގެން ދެ މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގާނީ ހަ އިންސައްތައިގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ ތިން އަހަރެވެ. އަދި ދެ މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން ހަތް އަހަރެވެ.
އިތުރު ލިޔުންތައް

ގްރީންހައުސް އިނީޝިއޭޓިވް ފުޅާކުރުމަށް އިތުރު ފަސް ރަށެއް ބައިވެރިވެއްޖެ
8 މަސް ކުރިން
ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުން މަދުކޮށް، ގުދުރަތީ ގޮތްތައް ބޭނުންކުރަން ވަޒީރުގެ ލަފާފުޅު
3 މަސް ކުރިން
އިފާޑްގެ ގަވާނިން ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިނެވުމަށް ވަޒީރު މާރިޔާ އިޓަލީއަށް
3 މަސް ކުރިން