11 އަހަރުވީ އިންތިޒާރަށް ނިމުން ގެނެސްދެއްވީތީ ނާޒިމްގެ ޝުކުރު ރައީސްއަށް


20 މޭ 2025 - 12:05
މަސައްކަތް ފެށިތާ 11 އަހަރަށްފަހު މުލަކަތޮޅު މުލީ އެއަރޕޯޓު ހުޅުވާއިދެއްވައި، މ.އަތޮޅު ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން ގެނެސްދެއްވީތީ، ރައީސް ޑރ މުޙައްމަދު މުޢިއްޒަށް ދިއްގަރު ދާއިރާގެ މެމްބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ޝުކުރުއަދާކުރައްވައިފިއެވެ.
އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުލިވެސް ހިމެނޭ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ ވެރިކަން ބަދަލުވިއިރު، ހުޓިފައިއޮތް އެއަރޕޯޓުގެ މަސައްކަތް އަލުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތުކަން މިއަދު ފާހަގަކުރަންޖެހޭ ކަމަށެވެ.
މުލީ އެއާރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެ ގޮތުން އެއަރޕޯޓަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި ދިމާވި ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ މ. އަތޮޅުގައި އެއަރޕޯޓެއް ނެތުމުން ދަތުރުފަތުރުގެ ދާއިރާއިން އަތޮޅުގެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް އެއަރޕޯޓާއެކު އިތުރު ފަސޭހަތައްލިބި، އިޤުތިޞާދީ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ނާޒިމް ވިދާޅުވިއެވެ
ނާޒިމް ވިދާޅުވީ އެއަރޕޯޓުގެ އިތުރުންވެސް މި ސަރަހައްދުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ މި 5 އަހަރުގެ ތެރޭގައި މ. އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.މުލީ އެއަރޕޯޓުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުއެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އިތުރު ލިޔުންތައް

ރައީސް މުއިއްޒުގެ މަރުހަބާ ލަންކާގެ އިންތިހާބީ ރައީސްއަށް!
8 މަސް ކުރިން
އެމެރިކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވައިފި
8 މަސް ކުރިން
ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި
8 މަސް ކުރިން