logo
E-Platinum
ޚަބަރު

ގާޒާގެ ސިއްޙީ ނިޒާމަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައްވައިފި

ހުސައިން ވަސީމް
22 މޭ 2025 - 07:32
ގާޒާގެ ސިއްޙީ ނިޒާމަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައްވައިފި

ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.

ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ"ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި ސިއްހަތާބެހޭ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ގާޒާ ގެ ރައްޔިތުންނަށް ކަށަވަރުވަމުން ނުދާތީ އެކަމުގެ ކަނބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސް ބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށޤވެސް ވަޒީރު ވިދާޅުވި އެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސްވަނީ ގޮވާލައްވާފައެވެ.

ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ.ގެ މެމްބަރު ޤައުމުތަކަށް ސިއްހަތާ ބެހޭ ވަޒީރު ގޮވާލެއްވި އެވެ. ވަޒީރު ވިދާޅުވީ ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތްވީނަމަވެސް އިންސާނީ ޙައްގުތައް ކަށަވަރުވާންޖެހޭކަމަށެވެ. އަދި ރާއްޖެއިން މިމައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާކަމެއް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަންވެސް ވަޒީރުވަނީ ދެއްވާފައެވެ. އަދި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަންވެސް ޞިއްޙީ ވަޒީރުވަނީ ތަކުރާރުކުރައްވާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފްސާނީ އެހީގެ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދައިފިޚަބަރު | 13 ދުވަސް ކުރިންމަތީ ތަޢުލީމު ދޭ ބައެއް ކޮލެޖް ޔުނިވަރސިޓީ ތަކާއި އެކު ލޭ ދިނުމަށް މީހުން ހޭލުންތެރިކުރަނީޚަބަރު | މަހެއް ކުރިން ޞިއްޙީ ގޮތުން ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިނެއް ފެށުމަށް ނިންމައިފިޚަބަރު | މަހެއް ކުރިންވެކްސިން މެނޭޖްކުރުމާއި ގުޅޭ ވޯރކްޝޮޕެއް ބާއްވައިފިޚަބަރު | 2 މަސް ކުރިން