logo
Bank of Maldives

Bank of Maldives

ޚަބަރު

މީގެ ކުރިން ގެނައި ޤާނޫނުން ހައްލު ނުލިބުނީ ގޭންގުތަކަކީ ކޮބައިކަން ބުނެދީފައި ނެތުމުން

އަޙްމަދު ޒަލީފް
25 މޭ 2025 - 12:14
މީގެ ކުރިން ގެނައި ޤާނޫނުން ހައްލު ނުލިބުނީ ގޭންގުތަކަކީ ކޮބައިކަން ބުނެދީފައި ނެތުމުން

ރާއްޖޭގެ ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުންދާ ގޭންގުތައް ހުއްޓުވުމަށް 2010 ވަނަ އަހަރުވެސް ޤާނޫނެއް ގެނައި ކަމަށާއި ނަމަވެސް މިޤާނޫނުގެ ތެރެއިން ދިމާވި އެންމެ ބޮޑު މައްސަލައަކީ ޤާނޫނުގައި ގޭންގުތަކަކީ ކޮބައިކަން ބުނެދެވިފައި ނުވުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން މިހެން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ރާއްޖޭގައި ހިންގަމުންދާ ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ގިނަ ބަދަލުތައް ގެނެސް، ގޭންގުތައް ހުއްޓުވުމަށް ގިނަ ބާރުތަކެއް ތަންފީޒީ އިދާރާތަކަށް ލިބިދޭ ޤާނޫނެކެވެ.

މިބިލުގެ ތެރެއިން ގޭންގުތަކަކީ ކޮބައިކަން ކަނޑައަޅައި، ގޭންގެއްގެ ތެރޭގައި ހިމެނޭ މީހެއްކަން ކަނޑައެޅުމާއި އަދި ކުށްތައް ހުއްޓުވުމުގެ މުހިންމު އިޖުރާޢަތްތައް ކަނޑައަޅާނެއެވެ. މީގެއިތުރުން ނުހައްޤު މުއްސަނދިކަން ހޯދުމާއި، ގޭންގު ކުށްތަކުގައި ކުޑަކުދިން ޝާމިލްކުރުމުގެ މައްސަލައަށްވެސް މި ޤާނޫނުގެ ތެރެއި ހައްލުތަކެއް ހޯދުމަށް ވަނީ ހިމަނާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އިހުސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެވެސް އަމާޒަކީ ކުށުގެ މާހައުލުން ކުޑަކުދިން ދުރުކޮށް އަދަބު ދިނުމުގެ ބަދަލުގައި އެކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

ވަޒީރު ވަނީ އައު ޤާނޫނުގެ ދަށުން ކުށްކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނޯންނާނެކަން ކަށަވަރު ކުރުމަށް ތަންފީޒީ އިދާރާތަކުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ވަޒީރު އިހުސާން ވަނީ މިޤާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ކުށުގެ މާހައުލަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ޤާނޫނެއްކަން ފާހަގަކުރައްވާފައެވެ. އަދި ޤާނޫނު ތަންފީޒުވާން ފެށުމުން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދޭ: ވަޒީރުޚަބަރު | 4 ގަޑިއިރު ކުރިންމީގެ ކުރިން ގެނައި ޤާނޫނުން ހައްލު ނުލިބުނީ ގޭންގުތަކަކީ ކޮބައިކަން ބުނެދީފައި ނެތުމުންޚަބަރު | 5 މަސް ކުރިން