logo
ޚަބަރު

ހިލާލީގޭ މޭޒެއް މަތީ 344 ބަންޑަލްގައި 17 މިލިއަން ރުފިޔާ ހުރި: ހެކިވެރިއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
26 މޭ 2025 - 16:59
ހިލާލީގޭ މޭޒެއް މަތީ  344 ބަންޑަލްގައި 17 މިލިއަން ރުފިޔާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އެ މަނިކުފާނު އޭރު ދިރިއުޅުއްވި ހިލާލީގެއިން ނެރުނު ކަމަށް ހެކިވެރިޔަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމުގައި މުލިއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދު ވަނީ މިއަދު ހެކިބަސް ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔާމީންގެ އަމިއްލަ މަސައްކަތްތައް ވެސް ކުރާ އަބްދުﷲ ރަޝީދު ހެކިބަސް ދެމުން ބުނި ގޮތުގައި، ސަން ކުންފުނީގެ ވެރިޔާ، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަށް ދޭން ޖެހޭ ފައިސާތަކެއް ކަމަށް ވިދާޅުވެ، ފައިސާތަކާ ހަވާލުވުމަށް، ރައީސްގެ އޭރުގެ ރަސްމީ ގެކޮޅު ހިލާލީގެ އަށް އައުމަށް ރައީސް ޔާމީން އޭނާއަށް އެންގެވި އެވެ.

ހެކިބަސް ދެމުން އޭނާ އިތުރަށް ބުނެފައި ވަނީ ހިލާލީގެ އަށް ދިޔައިރު ސިޓިންގ ރޫމްގެ މޭޒެއްގެ މަތީގައި 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ބަހައްޓާފައި ހުއްޓެވެ. މި ފައިސާ ހުރީ 50،000 ރުފިޔާގެ 344 ބަންޑަލްގެ ގޮތުގައެވެ. އަދި މި ފައިސާއަކީ "ޑޮލަރު މާރުކުރުމަށް ސިޔާމަށް ދޭ ފައިސާ" ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.

އަބްދުﷲ ރަޝީދު އިތުރަށް ބުނީ، އެ ފައިސާ އެޅީ ބޮޑު ލަގެޖް ފޮއްޓަކަށް ކަމަށެވެ. އަދި އެ ފޮއްޓާ ހަވާލުވުމަށް ސިޔާމްގެ ކާރުގައި އޭނާގެ ޑްރައިވަރު ހިލާލީގެ ކައިރިއަށް ދިޔަ ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ 2016 ވަނަ އަހަރުގެ މެދުތެރޭހާ ހިސާބުގައި ކަމަށް ހެކިބަސް ދެމުން އޭނާ ބުންޏެވެ.

މީގެ ކުރިން ޔާމީންގެ މައްޗަށް ދައުވާ އުފުލި އެހެން މައްސަލަތަކުގައި ވެސް ދިފާއަށް ނެގީ ޑޮލަރު މާރުކުރަން ނަގުދު ފައިސާ ދީގެން އޭގެ ބަދަލުގައި އެމަނިކުފާނުގެ އެކައުންޓަށް ޑޮލަރު ޖަމާކުރި ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 2 މީހަކު ހޯދަނީ ޚަބަރު | 6 ދުވަސް ކުރިންމީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 7 ދުވަސް ކުރިންޔާމީން ދެއްކި ކެންޑިޑޭޓަށް ލިބުނީ 10 ވޯޓު، މެމްބަރުކަން ލިބުނީ ޔާމީންގެ ފޮޓޯ ދައްކައިގެނެއްނޫން: ހަމީދުޚަބަރު | 9 ދުވަސް ކުރިންކޯޓުގެ ހުރުމަތް ކެނޑި މީހަކު ޖަލަށް ޚަބަރު | 10 ދުވަސް ކުރިން