logo
E-Platinum
ޚަބަރު

ޙައްޖުވެރިން ޖިއްދާގެ އެރައިވަލް ޓާމިނަލުގައި ހޭދަކުރީ އެންމެ ތިން މިނެޓު، މިއީ ލިބުނު ބޮޑު ފަސޭހައެއް: އެމްޑީ ޝަކީލް

"ޙައްޖުވެރިން ޖިއްދާގެ އެރައިވަލް ޓާމިނަލުގައި ހޭދަކުރީ އެންމެ ތިން މިނެޓު، މިއީ ލިބުނު ބޮޑު ފަސޭހައެއް"

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރަން ސަޢުދީއަށް ދިޔަ ދިވެހި ޙައްޖާޖީން، ޖިއްދާގެ އެރައިވަލް ޓާމިނަލުގައި ހޭދަކުރީ އެންމެ ތިން މިނެޓުކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހި ޤައުމީ އެއާލައިން، މޯލްޑިވިއަންގައި މިއަދު ސައުދީ އަރަބިއްޔާގެ ޖިއްދާ އެއަރޕޯޓްގައި ފްލައިޓް ޖެއްސުމުން ފްލައިޓުން ފައިބައިގެން ޓާރމިނަލްއަށް ވަނުމުން، ހިނިތުންވުމާއެކު މަރުހަބާ ކިޔުމަށް ތިބި މައްކާ ރޫޓްގެ އޮފިޝަލުން ދެއްވި އިރުޝާދާ އެއް ގޮތަށް ޓާމިނަލް ތެރެއަށް ވަދެގެން ދިއުމާއި ހައްޖުވެރިން ޓާމިނަލްއިން ނުކުތުމާ ދެމެދު އެރައިވަލް ޓަރމިނަލް ތެރޭގައި ހޭދަވީ އެންމެ 3 މިނެޓު ކަމަށެވެ.

އަދި މިއީ ލިބުނު ބޮޑު ލުއި ފަސޭހައެއްކަމުގައި ފާހަގަކުރައްވައި، އެކަން ފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއަށް އެމްޑީ ޝުކުރު އަދާކުރެއްވިއެވެ.

އެމްޑީ އެފަދައިން ވިދާޅުވިއިރު، މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ޙައްޖުވެރިންގެ ދަތުރަކީ ލުއި ފަސޭހަ ދަތުރަކަށް ހެދުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ މުހިއްމު މަޝްރޫޢުއެކެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ސީދާ އިރުޝާދުފުޅާއެކު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ޤައުމުތައް ހިމެނުމަށް ސަޢުދީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ހިމެނުމާއެކު ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ބޮޑުތަނުން ކުޑަވުމާއި، ދިވެހި ޙައްޖުވެރިން ރާއްޖެއިން ފުރާއިރު ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ފުރިހަމަކުރެވިފައިވާއިރު، ޙައްޖުވެރިންގެ ފޮށިތައް މައްކާ ރޫޓު އިނީޝިއޭޓިވް ޓީމުން މައްކާ ހޮޓަލާއި ހަމައަށް ވެސް ގެންގޮސްދޭނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ ޚަބަރު | ދުވަހެއް ކުރިންޙައްޖަށް ދިޔުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލިސްޚަބަރު | 19 ދުވަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ ޚަބަރު | 2 މަސް ކުރިންޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއްކުރާތީ ސަމާލުވާން އެދިއްޖެޚަބަރު | 2 މަސް ކުރިން