logo
Bank of Maldives

Bank of Maldives

ޚަބަރު

18 އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ މިއަހަރު ލިޔުންދޭނަން: ރައީސް

18 އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ މިއަހަރު ލިޔުންދޭނަން: ރައީސް

އުމުރުން 18 އަހަރުވެ، އަމިއްލަ ގެދޮރެއް ނެތް ކޮންމެ މީހަކަށް، "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ގެދޮރު ކަށަވަރުކޮށްދީ އެކަމުގެ ލިޔުން މިއަހަރު ނިމުމުގެ ކުރިން ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.ރައީސް ވިދާޅުވީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގޯތި ނުވަތަ ފްލެޓް ކަށަވަރުކޮށްދެއްވާނެކަމަށެވެ. މިއީ ވަރަށް މުހިންމު ވަޢުދެއްކަމަށާއި، އަމިއްލަ ގެދޮރެއް ނެތް ރައްޔިތަކު ނެތްކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގައިވެސް، އެއްވެސް ރަށެއްގައިވެސް "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ފުރަތަމަ ގެ ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވާނެ ކަމަށާއި އެމީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ރަސްމީގޮތުން ކަށަވަރުކޮށްދެއްވާ، މިއަހަރު ނިމުމުގެ ކުރިން ލިޔުމެއް ދެއްވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންކޮށްދެއްވާނެކަމަށެވެ.

އަދި މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބިން ހިއްކައިގެން މާލެ ސަރަޙައްދުގައި ގުޅިފަޅު، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ރަސްމާލެ އަންނަނީ ތަރައްޤީކުރަމުންނެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށްވެސް އެ ބީދައިން ގެދޮރުވެރިކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކުގަ އަޅުގަނޑުމެން މާލޭގަ، ހުޅުވާލާނަން،18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް، މާލޭގެ ރައްޔިތުން.، މާލެޣެ ދިރިއުޅޭ ރައްޔިތުން ،  ފުރަތަމަގެ ( ފަސްޓް ހޯމް) އެއްވެސް ބޯހިޔާވަހިމަކެއް ނެތް 18 އަހަރުން މަތީގެ ހުރިޔާ ރައްޔިތުންނަށް، ރަސްމާލެ ހިމެނޭހެން ގްރޭޓަރމާލެ ސަރަހައްދުން ގޯތި ނުވަތަ ފްލެޓް ކަށަވަރުކުރުމަށްޓަކާ ހުޅުވާލާ، އެފަރާތަތައް ކުރިމަތިލާ، އެފަރާތްތަކަށް ރަސްމީ ގޮތުން ބޯހިޔާވަހިކަން ކަށަވަރު ކަމުގެ ލިޔުން ދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބިން ހިއްކައިގެން މާލެ ސަރަޙައްދުގައި ގުޅިފަޅު، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ރަސްމާލެ އަންނަނީ ތަރައްޤީކުރަމުންނެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށްވެސް އެ ބީދައިން ގެދޮރުވެރިކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ވަނީ ކުރިންވެސް ވިދާޅުވެފައެވެ.

 މިއަހަރަށް ދައުލަތުން ކަނޑައެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައި ވެސް، މިހާތަނަށް، ބޯހިޔާވަހިކަމަށް ހޭދަކުރުމަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ބަޖެޓެވެ.

އެގޮތުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް 3.8 ބިލިއަން ރުފިޔާ އެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ތަސްދީޤުކުރައްވައިފިޚަބަރު | 8 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފިޚަބަރު | 14 ގަޑިއިރު ކުރިންޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފިޚަބަރު | 20 ގަޑިއިރު ކުރިންރާއްޖޭގެ އެއްބާރުލުން ޤަޠަރަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސްދެއްވައިފިޚަބަރު | ދުވަހެއް ކުރިން