logoEN
ޚަބަރު

ހަމަހަމަ ފުރުސަތުތައް ލިބޭ މަސައްކަތުގެ މާހައުލެއް ޤާއިމު ކުރެވޭނީ އެންމެން ގުޅިގެން - މިނިސްޓަރ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

04 ޖޫން 2025 - 11:54

އިޖުތިމާޢީ އަދާލަތު ޤާއިމުކޮށް ރައްކާތެރި މަސައްކަތު މާހައުލެއް ޤާއިމު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ރައްކާތެރި، އަބުރުވެރި އަދި ހަމަހަމަ ފުރުސަތުތައް ލިބޭ މަސައްކަތުގެ މާހައުލެއް ގާއިމުކުރެވޭނީ އެންމެން ގުޅިގެން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 113ވަނަ، ބައިނަލްއަގުވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު ފާސްކޮށްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ޤާނޫނުންވެސް ހާމަވެގެންދަނީ ރައްކާތެރި، އަބުރުވެރި އަދި ހަމަހަމަ ފުރުސަތުތައް ލިބޭ މަސައްކަތު މާހައުލެއް ގާއިމުކުރަން ރާއްޖޭން ސާބިތުކަމާއެކު ތިބިކަންކަމަށެވެ. އަދި ޤައުމު ތަރައްގީވެގެންދާނީ މަސައްކަތްތެރިންގެ ދުޅަހެޔޮކަން ކަށަވަަރުކުރެވިގެން ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށްވެސް ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރު ކުރުމަށް ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭން އައިއެލްއޯގެ "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގައި ބައިވެރިވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުންވެސް އެކި ކަންކަމުގައި ވަޒީފާ ދޭ ފަރާތްތަކާއި މަސައްކަތްތެރިންނާ ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކޮށް، އިޖުތިމާޢީ އަދާލަތު ގާއިމުކޮށް، އެންމެންގެ ބައިވެރިވުން އޮންނަ ދެމެހެއްޓެނިވި ލޭބަރ މާކެޓެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށާއި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެކަށީގެންވާ ވަޒީފާތައް އުފެއްދުމަކީ އިގްތިސާދީ ތަރައްގީއާ ވަކިނުކުރެވޭނެ އެއްޗެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder