logo
ޚަބަރު

"ޤައުމު ތަރައްގީވެގެންދާނީ މަސައްކަތްތެރިންގެ ދުޅަހެޔޮކަން ކަށަވަަރުކުރެވިގެން"

އަޙްމަދު ޒަލީފް
4 ޖޫން 2025 - 12:17
"ޤައުމު ތަރައްގީވެގެންދާނީ މަސައްކަތްތެރިންގެ ދުޅަހެޔޮކަން ކަށަވަަރުކުރެވިގެން"

ޤައުމު ތަރައްގީވެގެންދާނީ މަސައްކަތްތެރިންގެ ދުޅަހެޔޮކަން ކަށަވަަރުކުރެވިގެން ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށް  މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 113ވަނަ، ބައިނަލްއަގުވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކޮށް، އިޖުތިމާޢީ އަދާލަތު ގާއިމުކޮށް، އެންމެންގެ ބައިވެރިވުން އޮންނަ ދެމެހެއްޓެނިވި ލޭބަރ މާކެޓެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން، ފާއިތުވި އަހަރުތަކުގައި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށާއި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެކަށީގެންވާ ވަޒީފާތައް އުފެއްދުމަކީ އިގްތިސާދީ ތަރައްގީއާ ވަކިނުކުރެވޭނެ އެއްޗެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވަނީ އިޖުތިމާޢީ އަދާލަތު ޤާއިމުކޮށް ރައްކާތެރި މަސައްކަތު މާހައުލެއް ގާއިމުކުރުމަށް އައިއެލްއޯއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެންމެން ގުޅިގެން މަސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކޮށް، ރައްކާތެރި، އަބުރުވެރި އަދި ހަމަހަމަ ފުރުސަތުތައް ލިބޭ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރު ކުރުމަށް ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭން އައިއެލްއޯގެ "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގައި ބައިވެރިވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓޫޑެންޓް ލޯނުގެ ދަށުން އެއް ބިލިއަން ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިންޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ އަމާޒެއް: ވަޒީރު ހައިދަރުޚަބަރު | މަހެއް ކުރިންބޭރުގައި ކިޔަވާ ދަރިވަރުންގެ ފީ އާއި ޚަރަދުތަކަށް ޑޮލަރުގެ އެހީތެރިކަން ދެނީޚަބަރު | މަހެއް ކުރިންސްޓޫޑެންޓް ލޯނުގެ ލިސްޓް ނެރެ ޝަކުވާއަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިން