logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓޫޑެންޓް ލޯނުގެ ލިސްޓް ނެރެ ޝަކުވާއަށް ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖުލައި 2025 - 11:41
ސްޓޫޑެންޓް ލޯނުގެ ލިސްޓް ނެރެ ޝަކުވާއަށް ހުޅުވާލައިފި

ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް މިއަދު އާންމުކޮށްފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ މި ލޯނުގެ ލިސްޓް ނެރުމަށްފަހު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މި ލިސްޓަށް ޝަކުވާ އަށް ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން މި ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ އަންނަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަން އެ މިނިސްޓްރީން ވަނީ ފުރުސަތު ދީފައެވެ.

މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވަނީ 806 ދަރިވަރުންނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު މި ލޯނަކީ އިންޓްރަސްޓް ފްރީ ލޯނެކެވެ. އަދި މި ލޯނަށް އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެއެވެ.

ސަރުކާރުން ދޭ ސްޓޫޑަންޓް ލޯނު ލިބިގެން މިހާރު ވެސް 1642 ދަރިވަރަކު ކިޔަވަމުން އެބަދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެޚަބަރު | 17 ދުވަސް ކުރިންމިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތުޚަބަރު | މަހެއް ކުރިންމިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | މަހެއް ކުރިންދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީޚަބަރު | 2 މަސް ކުރިން