ސްޓޫޑެންޓް ލޯނުގެ ދަށުން އެއް ބިލިއަން ރުފިޔާ ދޫކޮށްފި
10 އޯގަސްޓު 2025 - 05:30
.jpg&w=3840&q=75)
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އޮގަސްޓް 7 ގައި އަދާހަމަކޮށްފައިވާ ތަފާސްހިސާބުތަކުން ދާއްލާގޮތުގައި، މިދިޔަ 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.01 ބިލިއަން ރުފިޔާ ދޫކުރިއިރު މި އަހަރުގެ އެކަނިވެސް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 311.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،159 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ ފިރިހެން 546 ދަރިވަރުންނާއި އަންހެން 613 ދަރިވަރުންނެވެ. މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 964 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފަ އެވެ.
މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 އިން މިއަހަރުގެ މިހާތަނަށް ސްކޮލަޝިޕަށް 350.6 މިލިއަން ރުފިޔާ އަދި ފަސްޓް ޑިގްރީ ސްކީމްގެ ދަށުން 250.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

Ad by Hajj Corporation