logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެ

އިސްމާޢިލް ރާތިޢު
3 ފެބްރުއަރީ 2026 - 06:51
ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެ

ކުރި ނިޒާމަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއްކަމަށް މަތީ މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" އިޕްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ކުރި" ނިޒާމު އިފްތިތާހު ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި، މި ނިޒާމު އިފްތިތާހުކޮށްދެއްވީ މަތީ މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދެވެ. މި ނިޒާމާއެކު ޚިދުމަތް ހޯދުމަށް ދަރިވަރުންނަށް ފަސޭހަވެގެންދާނެއެވެ.

ސަރުކާރުން ދެމުންދާ ސްކޮލަރޝިޕްތަކާއި މަތީ ތައުލީމް ހާސިލްކުރުމަށް ލޯނު ދޫކުރުމަށް މީގެކުރިން ދަރިވަރުންނަށް ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަން، ވަޒީރު ޑރ. ހައިދަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކަންކަން ނިންމުމުގައި ހުރި ލަސްތަކާއި ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރުއަރާ، ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމާއި ކަންކަން ވިލަރެސް ކުރުމުގައި ހުރި ދަތިކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ "ކުރި" ނިޒާމަކީ މި ކަންކަމަށް ހައްލެއް ގެނެސްދޭނެ ނިޒާމެއްކަމަށެވެ.

މި ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމާއެކު ދައުލަތުގެ ހުރިހާ މުވައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރެވެމުންދާ މޯލްޑިވްސް 2.0 ގެ ދަށުން ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތަކުގެ ދުވެލި އަވަސްކޮށް، ކުށްތައް މަދުކޮށް އެ ވުޒާރާގެ ހިންގުން އެތައް ގުނައެއް ހަރުދަނާވެގެންދާނެ ނިޒާމެއްގެ ގޮތުގައި ވަޒީރު ޑރ. ހައިދަރު ފާހަގަކުރެއްވިއެވެ. "ކުރި" ނިޒާމަކީ މަތީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މިއީ ތައުލީމީ ދާއިރާގައި ކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ހައްލަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިދާރީ ލަސްކަމެއްގެ ސަބަބުން ނުވަތަ މާލީ ހުރަސްތަކެއްގެ ސަބަބުން އެއްވެސް ދަރިވަރަކަށް ތައުލީމީ ފުރުސަތެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުންކަމަށެވެ. އުންމީދަކީ މި އައު ނިޒާމާއެކު ދިވެހި ދަރިވަރުންނަށް އުޖާލާ މުސްތަޤްބަލެއް ބިނާކުރުމުގެ ފުރުސަތު ފަހިވެގެންދިއުންކަމަށް މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެޚަބަރު | ގަޑިއިރެއް ކުރިންމިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތުޚަބަރު | 20 ދުވަސް ކުރިންމިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 22 ދުވަސް ކުރިންދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީޚަބަރު | މަހެއް ކުރިން