logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތު

އިސްމާޢިލް ރާތިޢު
14 ޖެނުއަރީ 2026 - 05:51
މިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތު

ސަރުކާރުން މިދިޔަ އަހަރު 205 ދަރިވަރަކަށް ސްކޮލަރޝިޕުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް މަތީ ތަޢުލީމާއި ތަމްރީނާއި، ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު 2025 ވަނަ އަހަރު، ސްކޮލަރޝިޕުގެ ފުރުސަތުތަކަށް ސަރުކާރުން ވަނީ 222 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. ޖުމްލަ 205 ދަރިވަރުންނަށް މުޅިން އަލަށް މިދިޔަ އަހަރު ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދީފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 120 އަންހެން ދަރިވަރުންނާއި 85 ފިރިހެން ދަރިވަރުންނެވެ.

މިދިޔަ ދެއަހަރުގެ ތެރޭގައި 471 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޮލަރޝިޕް ފުރުޞަތުތަކަށް ޚަރަދުކޮށްފައި ވާކަމަށާއި މި ދެއަހަރު ޖުމްލަ 411 ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުދީފައި ވާކަމަށް ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ. އެއީ، 262 އަންހެން އަދި 149 ފިރިހެން ދަރިވަރުންނެވެ.

ސަރުކާރުން ދީފައިވާ ސްކޮލަރޝިޕް ފުރުސަތުތަކުގައި ދަސްވެނިވެފައިވާ ދަރިވަރުންގެ އަދަދަށް ބަލާއިރު، މިދިޔަ އަހަރު 180 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އަދި މިދިޔަ ދެއަހަރު ޖުމްލަ 441 ދަރިވަރުން ދަސްވެނިވެފައިވެއެވެ.

މިވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 20 ޤައުމެއްގައި ސަރުކާރުގެ ސްކޮލަރޝިޕްގެ ފުރުސަތުތަކުގެ އެހީގައި ދަރިވަރުން ކިޔަވަމުންދެއެވެ. އެއީ ޖުމްލަ 602 ދަރިވަރުންނެވެ. މީގެތެރޭގައި ހިމެނެނީ، 388 އަންހެން ދަރިވަރުންނާއި 214 ފިރިހެން ދަރިވަރުންނެވެ.

ސަރުކާރުންދޭ ސްކޮލަޝިޕްތަކަކީ ދަރިވަރަށް ބޭނުންވާ ހުރިހާ ހަރަދެއް ހިމެނޭ ސްކޮލަރޝިޕްތަކެކެވެ. މި ފުރުސަތުތަކުގެ ތެރޭގައި ސަރުކާރުން ދޭ ސްކޮލަރޝިޕް ފުރުސަތުގެ އިތުރުން، ދިވެހިރާއްޖެއާއި ޤައުމުތަކާއި އޮންނަ ގުޅުމުގެ ދަށުންވެސް ރާއްޖެއަށް މިފަދަ ގިނަ ފުރުޞަތުތަކެއް ކޮންމެ އަހަރަކުވެސް އަންނަނީ ލިބެމުންނެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ، ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކަ އިއާދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތަރިކަ ދިރާސާ ކުރުމުގެ ދާއިރާއިން "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" ތަޢާރަފުކޮށް، އެ ސްކޮލަރޝިޕް ފުރުޞަތުވެސް 40 ފަރާތަކަށް ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތުޚަބަރު | 2 ގަޑިއިރު ކުރިންމިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 2 ދުވަސް ކުރިންދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީޚަބަރު | 18 ދުވަސް ކުރިންރިސާޗް ފަންޑުން ދޫކުރާ ގްރާންޓަށް ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން