logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި

އައިޝަތު ނަޝާ
12 ޖެނުއަރީ 2026 - 05:33
މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި

މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފަވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މަތީ ތަޢުލީމު ހޯދުމަށް ސަރުކާރުން ފަހިކޮށްދީފައިވާ ފަހި ފުރުޞަތުގައި މި ވޭތުވެދިޔަ 2 އަހަރު ހިމެނޭހެން މިހާތަނަށް 301.6 މިލިއަން ރުފިޔާ، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ވަނީ ހޭދަކޮށްފައެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ދެ އަހަރު އެ ޕްރޮގްރާމަށް ރަޖިސްޓްރީވެފައިވަނީ 5،863 ދަރިވަރުންނެވެ. އެއީ 3،765 އަންހެން ދަރިވަރުންނާއި 2،098 ފިރިހެން ދަރިވަރުންނެވެ. މިދިޔަ އަހަރު ރަޖިސްޓްރީވެފައިވަނީ 2،798 ދަރިވަރުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިދިޔަ ދެ އަހަރު އެ ޕްރޮގްރާމްގައި ބައިވެރިވެ 6،640 ދަރިވަރުން ވަނީ ދަސްވެނިވެފައި ކަމަށް ވެސް ތަފާސްހިސާބުތަކުންދައްކައެވެ. އެއީ 4،370 އަންހެން ދަރިވަރަކާއި 2،270 ފިރިހެން ދަރިވަރެކެވެ. މިދިޔަ އަހަރު ދަސްވެނިވެފައިވަނީ 3،286 ދަރިވަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވަގުތު މަތީ ތައުލީމު ހާސިލްކުރަމުންދަނީ 8،680 ދަރިވަރުން ކަމަށާއި، އެއީ 5،486 އަންހެން ދަރިވަރުންނާއި 3،194 ފިރިހެން ދަރިވަރުން ކަަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް ސަރުކާރުން ވަނީ 151،302،259 ( ސަތޭކަ ފަންސާސް އެއް މިލިޔަން ތިންސަތޭކަ ދެ ހާސް ދުއިސައްތަ ފަންސާސް ނުވައެއް) ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިހާތަނަށް މި ވޭތުވެދިޔަ 2 އަހަރު 301.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މި ދެ އަހަރުގެ ތެރޭގައި މި ޕްރޮގްރާމަށް 5863 ދަރިވަރުން މުޅިން އަލަށް ރަޖިސްޓަރކޮށް، ކިޔެވުން ދަނީ ކުރިއަށްގެންދަމުންނެވެ. އަދި ހިލޭ ޑިގްރީގެދަށުން ކިވަމުންދިޔަ ދަރިވަރުންގެތެރެއިން 6640 ދަރިވަރުން ވަނީ ކޯސްތައް ނިންމާ ދަސްވެނިވެފައެވެ.

މި ޕްރޮގްރާމްގެ މަޤުޞަދުތަކުގެތެރޭގައި ރާއްޖޭގައި ވަޒީފާގެ ޑިމާންޑް އޮތް ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ. ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަކީ، މަތީ ތަޢުލީމަށް ކިޔެވުމުގެ ރޫޙު އަށަގެންނެވުމަށާއި، އަދި މާލީ ދަތިކަން ކުރިމަތިނުވެ ތަޢުލީމު ޙާސިލުކުރުމަށް ފަހިކޮށްދީފައިވާ ޕްރޮގްރާމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 2 ގަޑިއިރު ކުރިންދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީޚަބަރު | 16 ދުވަސް ކުރިންރިސާޗް ފަންޑުން ދޫކުރާ ގްރާންޓަށް ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންޖަޕަނީޒް ގްރާންޓް އެއިޑްގެ ފަރާތުން ދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިން