logo
Bank of Maldives

Bank of Maldives

ޚަބަރު

ޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ އަމާޒެއް: ވަޒީރު ހައިދަރު

އައިމިނަތު މޫސާ
5 އޯގަސްޓު 2025 - 07:49
ޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ ޒިންމާދާރު ޖީލެއް ބިނާކުރުމަކީ އަމާޒެއް: ވަޒީރު ހައިދަރު

ޓްކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ، ޒިންމާދާރު، ޤާބިލް ޖީލެއް ބިނާކުރުންކަމަކީ އަމާޒެއް ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވާވޭ ކުންފުނީގެ "ސީޑްސް ފޮރ ދަ ފިއުޗަރ-އިންސްޕަޔަރިންގ ގްލޯބަލް ޓެލެންޓް ޓު ޝޭޕް ދަ ފިއުޗަރ"ގެ ނަމުގައި ކުރައަށްގެންދާ ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވުނު ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ހައިދަރު ވިދާޅުވީ "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގެ ސަބަބުން ދިވެހި ދަޢުލަތުގެ މުހިއްމު ސިޔާސަތެއް ކަމަށްވާ، ޒަމާނީ ޓެކްނޮލޮޖީއަށް ހޭލުންތެރިވެފައިވާ ގާބިލް ޒުވާނުން ބިނާކުރުމުގެ މަގުފަހިވެގެންދާނެކަމަށެވެ. އަދި ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް ހަމައެކިނި އުމްރާނީ ތަރައްޤީއަކުން ނުފުދޭކަމާއި، ދިވެހިރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެވޭނީ ޓެކްނޮލޮޖީއަށް ދިރުންދޭ އިންސާނީ ވަޞީލަތްތަށް މެދުވެރިވެގެންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު، ވަނީ "ސީޑްސް ފޮރ ދަ ފިއުޗަރ-އިންސްޕަޔަރިންގ ގްލޯބަލް ޓެލެންޓް ޓު ޝޭޕް ދަ ފިއުޗަރ" ޕްރޮގްރާމަށް ދިވެހިރާއްޖެ އިން ހޮވިފައިވާ 4 ދަރިވަރުންނަށް މަރުޚަބާ ދަންނަވާ، ޗައިނާގެ ހުވާވޭ ކުންފުނިން ދެއްވި ފުރުޞަތަށް ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް، "ކުރި" ނިޒާމުން ހައްލު ހޯދައިދޭނެޚަބަރު | 17 ދުވަސް ކުރިންމިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތުޚަބަރު | މަހެއް ކުރިންމިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | މަހެއް ކުރިންދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީޚަބަރު | 2 މަސް ކުރިން