logo
ޚަބަރު

ޢަރަފާތާއި މުޛްދަލިފާއަށްފަހު ދިވެހި ޙައްޖުވެރިން އެނބުރި މިނާއަށް، ޙައްޖުވެރިންގެ ހާލު ރަނގަޅު!

ޢަރަފާތާއި މުޛްދަލިފާއަށްފަހު ދިވެހި ޙައްޖުވެރިން އެނބުރި މިނާއަށް، ޙައްޖުވެރިންގެ ހާލު ރަނގަޅު!

ޙައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ ޢަރަފާތުގައި މަޑުކުރުމަށްފަހު ރޭ މުޛްދަލިފާގައި ރޭކުރުމަށްފަހު ދިވެހި ހުރިހާ ޙައްޖުވެރިން އެނބުރި މިނާ ފޭލިގެތަކަށް މިއަދު ފަތިހުގެ ވަގުތެއްގައި ގޮސްފިއެވެ.

“ރާއްޖޭގެ އެންމެހައި ހައްޖުވެރިންގެ ޙާލު ރަނގަޅު. ހައްޖުވެރިން މިހާރު ތިބީ މިނާގަ. އެއްވެސް ހައްޖުވެރިޔަކު ގެއްލި ނުވަތަ މަގު އޮޅި މި ފަދަ ކަމެއް މެދުވެރި ވެފައި ނުވޭ އަލްޙަމްދު ލި ﷲ.” ދިވެހި ޙައްޖުވެރިންނާއި ގުޅޭ އެންމެ ފަހުގެ އަދާހަމަ މީޑިއާތަކާއި ހިއްސާ ކުރަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙައްޖުވެރިން މިއަދު މައްކާ ގަޑިން ހެނދުނު 9:30 ޖަމްރާއަށް ހިލަ އުކަން ދިއުމަށް ހަމަޖެހިފައިވާކަމަށާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި މިނާގައި ރޭކުރާނެކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.

މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކާތާގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | 14 ދުވަސް ކުރިން7 އަހަރަށްފަހު، ޒަކާތު ފަންޑުން 24 ފަރާތަކަށް މަތީ ތަޢުލީމުގެ ސްކޮލަަރޝިޕްޚަބަރު | 18 ދުވަސް ކުރިންމާލޭ ދާރުލްއަރްޤަމާއި ހުޅުމާލޭ ދާރުއްސަލާމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | މަހެއް ކުރިންފޭސް 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭއާއެކު މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން