logo
ޚަބަރު

ފޭސް 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭއާއެކު މަޝްވަރާކޮށްފި

އާމިނަތު ޝަފާ
25 ޖޫން 2025 - 11:39
ފޭސް 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭއާއެކު މަޝްވަރާކޮށްފި

އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެ ކުންފުނީގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި މި މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް ކުރަން ޖެހޭ ކަންކަމާއި ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ އެއް ކުރައްވާފައެވެ. އަދި ވީ އެންމެ އަވަހަށް މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބާރު ދުވެލީގައި ކުރާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ މި ބައްދަލުކުރެއްވުމުގައި ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސް.ޖޭ ކޮންސްޓްރަކްޝަނުން މިހާރު އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރުމަށްކަމަށް އެ ކުންފުނިން ވަނީ މި ބައްދަލުކުރެއްވުމުގައި މަޢުލޫމާތު ދެއްވާފައެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުންދާ މި މިސްކިތުގައި އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާނެޚަބަރު | 4 ގަޑިއިރު ކުރިންޒަކާތާގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | 17 ދުވަސް ކުރިން7 އަހަރަށްފަހު، ޒަކާތު ފަންޑުން 24 ފަރާތަކަށް މަތީ ތަޢުލީމުގެ ސްކޮލަަރޝިޕްޚަބަރު | 20 ދުވަސް ކުރިންމާލޭ ދާރުލްއަރްޤަމާއި ހުޅުމާލޭ ދާރުއްސަލާމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | މަހެއް ކުރިން