logo
Bank of Maldives

Bank of Maldives

ޚަބަރު

އެފްއޭއެމުން ކްލަބްތަކަށް ދިން ސަބްސިޑީއަށް ކްލަބްތަކުގެ ވެރިން ޚިޔާނާތްތެރިވި މައްސަލަ ބަލަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖޫން 2025 - 16:23
ކްލަބްތަކަށް ދިން ސަބްސިޑީއަށް  ވެރިން ޚިޔާނާތްތެރިވި މައްސަލަ ބަލަނީ

 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާއަށް އެ ކްލަބްތަކުގެ ވެރިން ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަޙްޤީޤްޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ، އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤުވެސް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް، ކ. މާލެ / ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ފުޓްބޯލް ކުރިއެރުވުމަށް މަސައްކަތްކުރާ މައި ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާއިން ރާއްޖޭގެ ފުޓްބޯޅަ ކްލަބުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިނާއީ ބޮޑެތި ކުށްތައް ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!ޚަބަރު | 7 ގަޑިއިރު ކުރިންޔޫއެންއޯޑީސީން ހަދިޔާ ކުރި ޑްރަގް ޓެސްޓް ކިޓްތައް ހަވާލުކޮށްފިޚަބަރު | ދުވަހެއް ކުރިންބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިން