logo
Bank of Maldives

Bank of Maldives

ޚަބަރު

މަހިބަދޫގައި ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހެއް ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޮކްޓޯބަރު 2025 - 07:50
މަހިބަދޫގައި ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހެއް ފަށަނީ

އދ. މަހިބަދޫގައި ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހެއް ފަށަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުން ބުނިގޮތުގައި މި ކޯހުގެ ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނި އާންމުކޮށް ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ 1 ނޮވެމްބަރު އިން 10 ނޮވެމްބަރު 2025 އަށެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމް ފުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ކޯހުގައި ބައިވެރިވުމަށް ހުށަހެޅުމުގެ ސުން ގަޑިއަކީ 27 އޮކްޓޯބަރު 2025 ގެ މެންދުރު 12:00 އެވެ.

ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހުގައި ބައިވެރިވާން އެދޭ ގޫގްލް ފޯމްގެ ލިންކް: ފޯމު ބެއްލެވުމަށް ކްލިކް ކޮށްލައްވާ!

ޔޫތު މިސްޓްރީން ވަނީ މަމަހު ތ.މަޑިފުށީގައި ވޮލީ ރްފްރީ ކޯހެއް ވެސް ހިންގާފައެވެ.

ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހެއް ފަށަން ނިންމިއިރު، މި ސަރުކާރުން އަންނަނީ ކުޅިވަރު ތަރަައްގީ އަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޤައުމީ ޓީމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި އޮފިޝަލުންނަށްދޭ އިނާޔަތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެއްހަމަކޮށް ބޮޑުކުރިކަން މި ހަފުތާގައި ވަނީ ކުޅުވަރު އެސޯސިއޭޝަން ތަކަށް އަންގާފައެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ނެރެފައިވާ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ, ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކުޅުންތެރިން އޮފިޝަލުންނާއި ޕެރަ އެތުލީޓުންނަށް ދެމުން ގެންދާ އެލަވަންސް 2025 މެއި މަހުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.

ޤައުމީޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭ އިނާޔަތް ބޮޑުކޮށްފައިވަނީ 7،000ރ އަށެވެ. މީގެ ކުރިން އެތްލީޓުން ނުވަތަ ކުޅުންތެރިންނަށް ދެމުންދިޔައީ މަހަކު 5،000 ރުފިޔާއެވެ. އަދި އޮފިޝަލުންނަށް 2500 ރުފިޔާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަހިބަދޫގައި ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީ ކޯހެއް ފަށަނީޚަބަރު | 21 ގަޑިއިރު ކުރިންއިތުރު އެހެން މައްސަލަ އެއްގައި ބައްސާމް މިއަދު ކޯޓަށް ހާޒިރު ކުރަނީޚަބަރު | 8 ދުވަސް ކުރިން ކުރިނބީގައި ހަދާ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިންފިނޭގައި ހަދާ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | 2 މަސް ކުރިން