logo
ޚަބަރު

ޙައްޖުވެރީން އެނބުރި މާލެ އައުން މި މަހުގެ 13، 14، 16، 17ގައި!

އާމިނަތު ޝަފާ
11 ޖޫން 2025 - 09:47
ޙައްޖުވެރީން އެނބުރި މާލެ އައުން މި މަހުގެ 13، 14، 16، 17ގައި!

މި އަހަރު ރާއްޖޭން ޙައްޖުގެ އަޅުކަމަށް ސުޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރީން މި މަހު 13ވަނަ ދުވަހު ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ޙައްޖުވެރީން އެނބުރި އަންނަން ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހައިލައިގެންނެވެ. ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އަންނަން ހަމަޖެހިފައިވަނީ މި މަހުގެ 13ވަނަ ދުވަހުއެވެ. ދެ ވަނަ ފްލައިޓު މި މަހު 14ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ އިރު، ތިންވަނަ ފްލައިޓުގެ ޙައްޖުވެރީން އަންނާން ހަމަޖެހިފައިވަނީ މި މަހުގެ 16ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރީން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17ވަނަ ދުވަހުއެވެ.

 

ހައްޖުވެރީން އެނބުރި މާލެ އަންނަ އިރު، މަރުހަބާކިޔަން ވީހައި ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުޙަންމަދު ހަމްޒަތު ވަނީ ހައްޖުގެ އަޅުކަމަށް ފަހު، މީހުން އަނބުރައި އަންނައިރު، ތޮއްޖެހުން ކުޑަކުރުމަށް ޓަކައި، އެއަރޕޯޓަށް ވީހައި ވެސް މަދުން މީހުން ދިއުމަށް އިލްތިމާސްކުރައްވައިފައެވެ. އެއީ އެކި ރޯގާތައް ފެތުރުން ކުޑަކުރުމަށް ޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

 

ދިވެހި ޙައްޖުވެރީން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރުމަށް ޓަކައި، މިއަދު ވަނީ މަދީނާއަށް ފުރަން ފަށައިފައެވެ. މިހާރު ވަނީ ޙައްޖުވެރީންގެ ފުރަތަމަ ގުރޫޕު މަދީނާއަށް ފުރައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކާތާގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | 14 ދުވަސް ކުރިން7 އަހަރަށްފަހު، ޒަކާތު ފަންޑުން 24 ފަރާތަކަށް މަތީ ތަޢުލީމުގެ ސްކޮލަަރޝިޕްޚަބަރު | 18 ދުވަސް ކުރިންމާލޭ ދާރުލްއަރްޤަމާއި ހުޅުމާލޭ ދާރުއްސަލާމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | މަހެއް ކުރިންފޭސް 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭއާއެކު މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން