logo
ޚަބަރު

ކޫލް ސްކޫލް ޕްރޮޖެކެޓުގެ ދަށުން ސަރުކާރު ސްކޫލްތަކުގައި އޭސީ ހަރުކުރަން ފެނަކައަށް

އާމިނަތު ޝަފާ
12 ޖޫން 2025 - 10:46
ކޫލް ސްކޫލް ޕްރޮޖެކެޓުގެ ދަށުން ސަރުކާރު ސްކޫލްތަކުގައި އޭސީ ހަރުކުރަން ފެނަކައަށް

"ކޫލް ސްކޫލް ޕްރޮޖެކްޓް"ގެ ދަށުން ސަރުކާރުގެ ސްކޫލްތަކަށް ބޭނުންވާ އޭސީ ހޯދައި އެ ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް ފެނަކައާ ހަވާލުކުރަން މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މސައްކަތް އަންނަ ދިރާސީ އާ އަހަރު ފެށެންވާއިރަށް އެކީ ނިންމަން ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ސަރުކާރުން ހިންގަމުން އަންނަ ސްކޫލްތަކުގެ 401 ކުލާސްރޫމް އޭސީކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ އެ މިނިސްޓްރީއާއި ސްކޫލްތަކުގެ ބެލެނިވެރިންގެ އިސްނެގުމުގެ މަތިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، "ކޫލްސް ސްކޫލް ޕްރޮޖެކްޓް"އަށް ޚަރަދުވާނީ 55 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެއީ އޭސީ ގަތުމާއި ހަރުކުރުމުގެ ޚަރަދުވެސް ހިމަނައިގެން ކަމަށެވެ. އޭސީ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގެ ކަރަންޓްގެ ވިއުގައަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް ސެޓްފިކެޓް ދިނުމުގައި ޢަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފިޚަބަރު | 3 ދުވަސް ކުރިންއިތުރު 5 ރަށެއްގައި އޭ ލެވެލް އަށް ކިޔަވައިދޭން ފަށަނީ ޚަބަރު | 9 ދުވަސް ކުރިންސްކޫލް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކޮށްފިޚަބަރު | 19 ދުވަސް ކުރިންކުޑަރިކިލު ޞިއްހީ މަރުކަޒުގެ މަޝްރޫޢު ފެނަކައަށް ޚަބަރު | 21 ދުވަސް ކުރިން