logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަރިކިލު ޞިއްހީ މަރުކަޒުގެ މަޝްރޫޢު ފެނަކައަށް

އަޙްމަދު ޒަލީފް
11 އޯގަސްޓު 2025 - 10:05
ކުޑަރިކިލު ޞިއްހީ މަރުކަޒުގެ މަޝްރޫޢު ފެނަކައަށް

ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. ކުޑަރިކިލު ސިއްޙީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 7،641،116.64 (ހަތް މިލިޔަން ހަލައްކަ ސާޅީސްއެއްހާސް ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އަށެވެ. 1 އަހަރުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޑަރިކިލުގެ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ނަތީޖާ އެރަށުން ފެންނާނެކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޑަރިކިލު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގައި ކުޑަރިކިލަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ކަންކަމުގައި ވަޢުދުތަކެއް ވެވަޑައިގެންފައިވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އިންތިޚާބުގައި އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ނަތީޖާ ދައްކަވައިދެއްވާނެކަމަށާއި، މިހާރު ކަންކަން ތަރުތީބުކުރެވިފައިވާގޮތުން ކުޑަރިކިލުފަދަ ހުރިހާ ރަށެއްގައިވެސް ކުރަންޖެހޭ ކަންކަން ކުރުމަށް ތައްޔާރުވެފައިވާކަމަށެވެ.

ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މީގެ ކުރިން ދިމާވި ދަތިތައް މިހާރު ހައްލުކޮށް ކުރިއަށްދެވޭނެ މަގު ހޯދާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ފެނަކަ ޚިޔާނާތް: ސިސްޓަމަށް ނާޅާ 12،000 ޕާޗޭސް އޯޑަރު!ޚަބަރު | 12 ދުވަސް ކުރިންއެމްޑީޕީން މަގުމައްޗަށް ނުކުތަސް ކުރީ ސަފުން ފެންނާނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އޮތް މީހުން: މަމްދޫޙްޚަބަރު | 20 ދުވަސް ކުރިންފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި ޚަބަރު | 22 ދުވަސް ކުރިންފެނަކަ ސައީދު ބުނަނީ އޮޑިޓް ރިޕޯޓު ގޯސްކަމަށް، އެކަމަކު ފެންނަނީ އަނދަވަޅެއްގައި އޮތް ކުންފުންޏެއްޚަބަރު | 23 ދުވަސް ކުރިން