އެމްޑީޕީން މަގުމައްޗަށް ނުކުތަސް ކުރީ ސަފުން ފެންނާނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އޮތް މީހުން: މަމްދޫޙް
30 ސެޕްޓެމްބަރު 2025 - 16:04

އެމްޑީޕީން މާދަން މަގު މައްޗަށް ނުކުތަސް ކުރީ ސަފުން ފެންނާނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ބޭބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.
"މެންދުރުޓީވީ"ގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަމްދޫޙް ވިދާޅުވީ އެމްޑީޕީން "ލޫޓުވައިފި" ސްލޯގަންގައި މަގުމައްޗަށް ނުކުންނައިރު ދިވެހި ރައްޔިތުންނަށް ވެސް އެނގޭނެ ހަގީގަތަކީ "ލޫޓުވައިފި" ސްލޯގަން ރައްދު ވަނީ އެބޭފުޅުންނަން ކަމަށެވެ. ރާއްޖޭގައި ރެކޯޑް އަދަދަކަށް ފައިސާ ނުވަތަ ރެކޯޑް އަދަދުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ބޭފުޅުން ލޫޓުވައިފި އޭ ކިޔާފަ މިއަދު މަގުމައްޗަށް ނުކުންނަވަން އުޅޭ ކަމަށް ވިދާޅުވެ މަމްދޫޙް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ތަފާތު އެކި އޮޑިޓު ރިޕޯޓުތައް ދާނީ ނުކުންނަމުން ކަމަށެވެ.

Ad by Hajj Corporation
މަމްދޫޙް ވިދާޅުވީ އެމްޑީޕީގެ މުޒާހަރާއެއް ވިއަސް އެމްޑީޕީއެއްގެ ހަރަކާތެއް ވިއަސް އެންމެ އިސްސަފުން ފެންނާނީ މިހާރު ނުކުންނަށް ހުރި އޮޑިޓް ރިޕޯޓާއި، ނުކުމެފައިވާ އޮޑިޓު ރިޕޯޓުތަކުގައި ހިޔާނާތުގެ ފައިސާގައި ޖެހިފައިވާކަމަށް ފެންނަން އޮންނާނެ ބޭބޭފުޅުން ކަމަށެވެ. އަދި މިހާރު އެމްޑީޕީން މަސައްކަތް ކުރަމުންދަނީ އައު މޫނުތައް ދައްކައިގެން އިސްތަފުގައި ތިއްބެވި ބޭފުޅުން ފަހަތައް ޖެހި ސިޔާސީ ހަރަކާތްތައް ހިންގޭތޯ ކަމަށް މަމްދޫހް ވިދާޅުވިއެވެ.
މަމްދޫޙް ވިދާޅުވީ ހަގީގަތުގައި އެމްޑީޕީ މިއަދު ވެސް ކުރަމުންދާ މަސައްކަތްތަކީ އެފާޓީގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ފައިސާއަށް ބޮޑެތި އަދަދުތަކުން ވައްކަން ކޮންގެން ތިއްބެވި ޕާޓީގެ އިސްބޭފުޅުން ސިޔާސީ ޕާޓީއެއް ބޭނުން ކޮށްގެން ތަފާތު ސްލޯގަންތަކުގައި އެބޭފުޅުގުންގެ ހިމާޔަތުގައި ހަރަކާތައް ހިންގުމަށް މަސައްކަތް ކުރުން ކަމަށެވެ.
އަޅުގަނޑު މިހާރުވެސް މިދަންނަވަނީ އެމްޑީޕީގެ ލީޑަރ ޝިޕްގައި މާދަން މަގުމައްޗަށް ނުކުތަސް ކުރީ ސަފުން އަޅުގަނޑުމެންނަށް ފެންނާނީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބޮޑެތި ތުހުމަތުތައް ތިބި ބޭބޭފުޅުން، އެ ބޭބޭފުންނަށް އަޅުގަނޑަށް ޔަގީން ކުރިއަށް ނުކުންނަން ހުރި ތަފާތު އޮޑިޓު ރިޕޯޓުތަކުގައި ނަން ހުރި ބޭބޭފުޅުންނާއި މިހާރު ނުކުމެގެން މިއުޅޭ އޮޑިޓު ރިޕޯޓުގައި ވެސް ހަމަ ހިޔާނާތުގެ ފައިސާގައި ޖެހިފައި ތިބި ބޭބޭފުޅުން އެމްޑީޕީގެ މުޒާހަރާއެއްގަވިއަސް ސިޔާސީ ހަރަކާތެއްގައި ވިޔަސް ފެނިގެންދާނީ. ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް
އެމްޑީޕީން އުޅެނީ އެއްވެސް ހާލެއްގައި މި ގައުމަށް ހެޔޮއެދިގެން ކޮރަޕްޝަން ނައްތާލައި، ވައްކަމާ ދެކޮޅަށް ނޫންކަމަށް މަމްދޫޙް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެމްޑީޕީގެ ކުރީ ސަފުގައި ތިއްބަވާނީ ކޮރަޕްޝަންގައި ޖެހިފައި ތިއްބެވި ބޭފުޅުން ކަމަށް މަމްދޫޙް ވިދާޅުވިއެވެ.
އެމްޑީޕީން އައު މޫނުތަކެއް ދައްކައިގެން އައު ކަމެއް ނުކުރެވޭނެ ކަން ފާހަގަ ކުރައްވާ މަމްދޫޙް ވިދާޅުވީ އެމްޑީޕީއަށް ވެރިކަމަށް ދެ ފަހަރު އާދެވުން އިރު ދިވެހިރާއްޖެ އަށް އެމްޑީޕީ ހަދާލިގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަށް އެބައޮތްކަމަށެވެ.
އެގޮތުން މަމްދޫޙް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ހިންގާ ދިޔަ އެމްއެމްޕީއާރްސީގެ ހިޔާނާތައް ވުރެން ވެސް ފެނަކަ ހިޔާނާތް މާ ބޮޑު މައްސަލައެއް ކަން ފާހަގަ ކުރައްވާ މަމްދޫޙް ވިދާޅުވީ ފެނަކަ އިން ހިންގާފައިވާ ހިޔާނާތަކީ މި ވެރިކަމުގައި ދެކެވެން ފެށި ވާހަކައެއް ނޫން ކަމަށެވެ.
ހިޔާނާތުގެ ވާހަކަތަކަކީ 2018 ވަނަ އަހަރު ކުރީގެ ރާއީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރު ދިވެހިރާއްޖޭގައި ގާއިމްވި ހިސާބުން ފެށިގެން ދެކެވިގެން ދިޔަ ވާހަކަ ތަކެއް ކަމަށް މަމްދޫޙް ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރަށް ވެރިކަން ލިބި އަހަރެއް ނުވަނީސް ރައްޔިތުން ދިޔައީ ފެނަކަ ތެރޭގައި ގޯސްތަކެއް ހިނގަމުންދާކަމަށް ބުނަމުން ކަމަށް މަމްދޫޙް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުން ވައްކަމާއި ހިޔާނާތުގެ ބޮޑެތި މައްސަލަތައް ހިންގަމުންދާކަމަށް ރައްޔިތުން އޭރު ބުނަމުން ދިޔަ ނަމަވެސް އެކަމަށް ކުރީގެ ރައީސް ސޯލިހު އަޅާލާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.