logo
Bank of Maldives

Bank of Maldives

ޚަބަރު

ސަމާލުވޭ! ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަނީ

އާމިނަތު ޝަފާ
4 ޑިސެމްބަރު 2025 - 16:36
ފެނަކަ އޮފީސް ހިންގާ އިމާރާތް
ފެނަކަ އޮފީސް ހިންގާ އިމާރާތް

ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ފެނަކައިން އިލްތިމާސްކޮށްފިއެވެ.

ފެނަކައިން މިރޭ ނެރުނު ބަޔާނުގައި ބުނީ ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަމުންދާކަމަށާއި މިއީ ފެނަކައިގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ހިންގާ ޕޭޖެއް ނޫންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ހިންގާ މި މުއާމަލާތަށް ރައްޔިތުން ސަމާލުވުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިން މި ޚިދުމަތްތައް ދޭނީ ކުންފުނީގެ ރަސްމީ އެކައުންޓްތަކުން އެކަނި ކަމަށާއި މި ލިންކް ނުވަތަ ކޯލެއް ފޮނުވައިގެންވެސް ކުންފުނީގެ ފައިސާ ހޯދުމަށް އޮޅުވާލައިގެން އައިސްފިނަމަ، މިފަދަ ކަންތައްތަކަށް ސަމާލުވެ އެފަދަ ފަރާތްތަކަށް ފައިސާ ނުދިނުމަށާއި، ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ރިޕޯޓުކުރުމަށް އެންމެހައި ރައްޔިތުންނަށް އެ ކުންފުނިންވަނީ އިލްތިމާސްކޮށްފައެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 2 ދުވަސް ކުރިންމާލޭ ސަރަޙައްދާއި 11 އަތޮޅެއްގެ ސަރުކާރު ސްކޫލްތައް އޭސީކޮށް އަންނަ މަހު ނިންމާލަނީޚަބަރު | 16 ދުވަސް ކުރިންފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިޚަބަރު | 2 މަސް ކުރިންސަމާލުވޭ! ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަނީޚަބަރު | 3 މަސް ކުރިން