logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެންސެޓް ފޮނުވައިފި

އައިޝަތު ނަޝާ
4 ޖޫން 2026 - 05:27
އަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެންސެޓް ފޮނުވައިފި

ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިއަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެންސެޓް ފޮނުވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނީ، މިއަހަރުގެ މިހާތަނަށް ޖުމްލަ 21 ރަށަކަށް ޖެންސެޓް ފޮނުވާފައިވާކަމަށާއި، އަދި އިތުރު 24 ޖެންސެޓް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.އަދި އެ ޖެންސެޓްތައް މާލޭ ގެނެވުނުހާ އަވަހަކަށް ރަށްރަށަށް ފޮނުވޭނެކަމަށެވެ.

މިހާތަނަށް ރަށްރަށަށް ފޮނުވާފައިވާ ހުރިހާ ޖެންސެޓުތަކަކީވެސް މުޅިން އައު ޖެންސެޓްތަކެއްކަން ފެނަކައިން ފާހަގަކުރައްވައެވެ. އަދި ގެނެވުނު ޖެންސެޓްތަކުގެ ސަބަބުން ރަށްރަށަށް ދެމުންގެންދާ ކަރަންޓްގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވި، ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މިހާތަނަށް ޖެންސެޓްތައް ފޮނުވާފައިވާ ރަށްތައް:

ށ.ނަރުދޫ
ނ.ފޮއްދޫ
ނ.މަގޫދޫ
ރ.ކިނޮޅަސް
ރ.ފައިނު
ދ.ރިނބުދޫ
ތ.އޮމަދޫ
ތ.ގާދިއްފުށި
ތ.ކަނޑޫދޫ
ހއ.އުލިގަން
ހދ.ނާވައިދޫ
ށ.ފޭދޫ
ށ.ޅައިމަގު
ށ.ފީވައް
ށ.ގޮއިދޫ
ނ.ލަންދޫ
ނ.ކުޑަފަރި
ނ.ހެނބަދޫ
ރ.ރަސްގަތީމް
ރ.އިންނަމާދޫ
ފ.މަގޫދޫ

ފެނަކައިން ބުނީ، ރާއްޖޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ މަސައްކަތެއްކަން އެކުންފުނިން ފާހަގަކުރެއެވެ.

ކުރިއަށްއޮތްތަނުގައިވެސް ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށް، އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމަށް ފެނަކައިންވަނީ ބުނެފައެވެ. އަދި ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ރައްޔިތުންގެ އަދިވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމެވެ. ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުންވެސް މަސައްކަތްކުރައްވާފައިވެއެވެ. އެހެންނަމަވެސް އަދިވެސް އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެންސެޓް ފޮނުވައިފިޚަބަރު | 3 ގަޑިއިރު ކުރިންފެނަކައިގެ އެމްޑީގެ މަޤާމުން ނަޖާޙް ވަކިކޮށްފިޚަބަރު | 2 މަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 3 މަސް ކުރިންމާލޭ ސަރަޙައްދާއި 11 އަތޮޅެއްގެ ސަރުކާރު ސްކޫލްތައް އޭސީކޮށް އަންނަ މަހު ނިންމާލަނީޚަބަރު | 3 މަސް ކުރިން