logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކު ފެނުގެ މައްސަލަ: މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2025 - 09:05
ފުވައްމުލަކު އެއާޕޯޓު -- ފޮޓޯ: ޓްވިޓާ
ފުވައްމުލަކު އެއާޕޯޓު -- ފޮޓޯ: ޓްވިޓާ

ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލް ނުކުރާނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ނެރުނު ބަޔާނުގައި ބުނީ ފުވައްމުލަކު ސިޓީގައި ދިމާވި ފެނުގެ މައްސަލަ ޙައްލުކޮށް، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކު ސިޓީގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރ ދަށްވުންފަދަ ކަންކަން މެދުވެރިވެފައިވާކަމަށާއި އަދި އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މި ކަންކަމަށް ރިޢާޔަތްކޮށް ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ފާއިތުވި ނޮވެންބަރު މަހު ފުވައްމުލަކު ސިޓީގެ ފެނަށް ބިލުނުކުރާގޮތަށް ނިންމާފައިވާކަމަށް ފެނައިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުވައްމުލައް ސިޓިގައި ސަޕްލައި ފެން ތަޣައްޔަރުވެ ވަގުތީ ގޮތުން ފެން ކަނޑާލުމަށްފަހު މިހާރު ގެބީސީތަކަށް ދަނީ ފެނުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު ފެނުގެ މައްސަލަ: މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި ޚަބަރު | 2 ގަޑިއިރު ކުރިންފެނަކައިން ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައިވެސް ކޮރަޕްޝަންޚަބަރު | ދުވަހެއް ކުރިންފުވައްމުލަކު ގިނަ ގޭބިސީތަކުގައި ދެ ފެން އެއްވާގޮތަށް ވަނީ ހަދާފައި: ޔުޓިލިޓީ އޮތޯރިޓީޚަބަރު | 15 ދުވަސް ކުރިންމައްސަލަ ހައްލުކޮށް، އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ކަރަންްޓް ދޭން ފަށައިފިޚަބަރު | މަހެއް ކުރިން